އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްގެ ކައިރީގައި ޕާކްކޮށްފައި އޮތް އުލަނދަކުން ހަތިޔާރު ހޯދައި އޭގެ ޑްރައިވަރު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އުޅަނދުން ތިން ބަޑި ފެނިފައިވެއެވެ. އަދި އޭގައި ތިބި އިތުރު ދެމީހަކާވެސް ސުއާލުކުރުމަށް ހިފަހައްޓާފައި ވެއެވެ.

ޖޯޖިޔާ ސްޓޭޓްގެ މީހެއްކަމަށްވާ ދްރައިވަރު ބުނި ގޮތުގައި އޭނާ ކްގްރސް ބިލްޑިންގ ކައިރިގައި އުޖޅަނދު ޕާކު ކުރީ ސުޕްރީމް ކޯޓަށް ޑޮކިއުމެންޓްތަކެއް ހަވާލު ކުރާށެވެ.

މި ހާދިސާ ހިނގީ އިއްޔެ ހަވީރު 3ގެ ފަހުންނެވެ. ކޮންގްރެސް ބިލްޑިންގއާ ކައިރިންއުލަނދު ހިފެހެއްޓުމުން ދޭހަވަނީ އެމެރިކާގެ އެންމެ ހައްސާސް އިމާރާތުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދޯހަޅި ކަމެވެ.