ބޮލީވްޑްގެ ސްޕަރސްޓާ ސަލްމާން ޚާންއަށް ޑެންގޫ ޖެހިއްޖެކަމަށް އޭނާގެ މެނޭޖަރ ބުނެފިއެވެ. ހިންދުސްތާން ޓައިމް އާއި ވާހަކަ ދައްކަމުން ސަލާންގެ މެނޭޖަރ ބުނީ ސަލްމާނަށް ޑެންގޫ ޖެހުނަސް އޭނާގެ ހާލު ރަނގަޅު ކަމަށާއި، އަދި ބަލިން ރަނގަޅުވަމުން އަންނަކަމަށެވެ.

މިދުވަސްކޮޅަކީ ބޮލީވުޑް ތަރީންނާއި ފިލްމު އުފައްދާ، ދަރެކްޓްކުރާ މީހުން ޕާޓީތައް ބާއްވާ ދުވަސްވަރެއެވެ. މި ޕާޓީތަކުން ސަލްމާން ނުފެންނާތީ އޭނާގެ ސަޕޯޓަރުން ކަންބޮޑުވެދާނެތީވެ އޭނާގެ މެނޭޖަރ މި ޚަބަރު މީޑިއާއި ހިއްސާކުރީއެވެ.

ސަލްމާން ޚާން އެންމެ ފަހުން ފެނުނީ އޭނާ ހުށައަޅަމުންދާ ކަލާސް ޓީވީގެ "ބިގް ބޮސް 16" އިންނެވެ. އެހެންނަމަވެސް މި ހަފުތާ ބަންދުގައި ހުށައަޅާ ބިގް ބޮސްގެ "ވީކެންޑް ކާ ވާރު" އިން ސަލްމާ އެއް ނުފެންނާނެއެވެ. ސަލްމާން ގެ ބަދަލުގައި އެބައި ފުރިހަމަކުރާނީ ފިލްމު އުފެއްދުމަށް މަޝްހޫރު ކަރަންޖޯ ހަރުކަމުގައި ހިންދުސްތާން ޓައިމް އިން ބުނެއެވެ.

ސަލްމާން މި ހަފުތާގެ ބިގް ބޮސް ގައި ނުފެނުނަސް އޭނާ ވަރަށް އަވަހަށް އެ ޝޯ ހުށައެޅުމަށް ނުކުންނާނެކަމަށް ސަލްމާންގެ މެނޭޖަރު ހިންދުސްތާން ޓައިމް ގައި ބުންޏެވެ.

ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު ތަކުގެ ތެރެއިން "ކިސީކާ ބާއި ކިސީކާ ޖާން" ޢީދުގައި ބޮޑުސްކްރީންތަކުގައި އަޅުވާނެކަމަށް އޮތަސް މިހާރު އަޑުތައް ފެތުރެނީ އެފިލްމު ނުކުންނާނީ އޭނާގެ "އެޖެންޓު ޓައިގަރ" އަށް ފަހުގައި ކަމުގައެވެ. މި ފިލްމު ނުކުންނާނެކަމަށް ލަފާކޮށްފައިވާ ތާރީޚަކީ 2023 ވަނަ އަހަރުގެ އޮކޫޓޫބަރު މަހެވެ.