އިންޑިއާއާއި އީޔޫގެ ގުޅުމަށް 60 އަހަރު ފުރޭއިރު، ދެފަރާތުން ވަނީ ހުއްޓުން އަރާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ކުރިއަށް ގެންދަން ނިންމާފައެވެ.

އިންޑިއާ އާއި އީޔޫއާ ދެމެދު މިނިވަން ވިޔަފާރީގެ މަޝްވަރާތައް 2007 ވަނަ އަހަރު ފެށި ނަމަވެސް 2013 ވަނަ އަހަރު ވަނީ އެ މަޝްވަރާތައް މެދުކަނޑާލާފަ އެވެ.

އިންޑިއާ އާއި އީޔޫ އަކީ 2005 ވަނަ އަހަރުން ފެށިގެން ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި އޮތް ދެ ގައުމެވެ.

އީޔޫގެ މަސްއޫލުވެރިން ދެކެވަޑައި ގަންނަވާ ގޮތުގައި ދުނިޔޭގައި މި ވަނީ ހަކަތައަށް ދަތިވެ، ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވާން ފަށާފައެވެ.

ވަމުންނެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ދަނީ ސެންޓަރ ސްޓޭޖަށް އަރަމުންނެވެ. މި ހުރިހާ މައްސަލަތަކެއްގެ ސަބަބުން އީޔޫއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމުގައި އީޔޫގެ ފަރާތްތަކުން ދެކެއެވެ.

އިންޑިއާ އާއި އީޔޫއާ ދެމެދު އިންވެސްޓްމަންޓް ޕްރޮޓެކްޝަން އެގްރީމަންޓާއި ޖިއޮގްރަފިކަލް އިންޑިކޭޝަންސް އެގްރީމަންޓެއް 2022 ވަނަ އަހަރުގެ ޖޫން މަހު ފަށާފައި ވެއެވެ.

އީޔޫ އިން އިންޑިޔާއާ އޮންނަ ގުޅުން ކުރިއެރުވުމަށް ބޭނުންވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުން އަދި މިނިވަން ދުނިޔޭގައި އެއް ޚިޔާލެއްގައި އޮތް ބައިވެރިއެކެވެ.

އަދި އިންޑިއާކީ ސްޓްރެޓެޖިކް ގޮތުން މުހިންމު އިންޑޯ ޕެސިފިކް ސަރަހައްދުގެ މެދުތެރޭގައި އޮންނަ ރަޝިޔާ އާއި ޗައިނާއާ ވެސް ކައިރި ސަރަހައްދެކެވެ. އޭގެ އިތުރުން އިންޑިއާއަކީ ވެސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދެވެ. ވަރަށް ބޮޑު އަދި ޑައިނަމިކް މާކެޓެއް އޮތް ގައުމެކެވެ.

އިންޑިއާގެ ލަފާ ކުރެވޭޖީޑީޕީ ގްރޯތް ރޭޓަކީ 8 ޕަސެންޓަށް ވުރެ ބޮޑު މިންވަރެއް ކަމަށް އައިއެމްއެފް އިން ބުނެފި އެވެ. ވިޔަފާރީގެ ގޮތުން ބަލާއިރު އިންޑިއާއަކީ އީޔޫގެ 10 ވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ އެވެ. ހަމައެފަދައިން އީޔޫއަކީ އިންޑިއާގެ ތިންވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ.

އިންޑިއާގައި ގާތްގަނޑަކަށް 6000 ޔޫރަޕްގެ ކުންފުނި ހަރަކާތްތެރި ވެއެވެ.

މި ކުންފުނިތަކުން 1.7 މިލިއަން ވަޒީފާ ސީދާކޮށް އަދި ނުސީދާ ގޮތެއްގައި 5 މިލިއަން ވަޒީފާ އުފައްދާފައި ވެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ރޫހަކީ ދެ ގައުމުގެ ޑިއުޓީއަށް ލުޔެއް ދިނުމެވެ. މިހާރު އިންޑިއާއިން އީޔޫއަށް އެކްސްޕޯޓްކުރާ މުހިންމު އުފެއްދުންތަކުގެ ތެރެއިން ވައިން އާއި ކާރު ފަދަ ތަކެތިން 60 އާއި 100 ޕަސެންޓާ ދެމެދުގެ ޑިއުޓީއެއް ނަގަ އެވެ.