އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ވަނީ އިނގިރޭސިވިލާތުގެ ވަން ވެބް ކުންފުންޏަށް އިންޑިއާގެ އެންމެ ބިޔަ ރޮކެޓްގައި 36 ސެޓެލައިޓް ކާމިޔާބުކަމާއެކު ފޮނުވާލާފައެވެ. އިންޑިއާގެ ބޮޑު ވަޒީރު މި މުނާސަބާގައި ވިދާޅުވީ މިއީ އިންޑިއާގެ އަމިއްލަ އުފެއްދުންތެރިކަމަށް ނަމޫނާއެއް ކަމަށާއި ދުނިޔޭގެ ވިޔަފާރި ލޯންޗް ސާވިސް މާކެޓުގައި އިންޑިއާގެ ވާދަވެރި ކުރިއެރުން އިތުރުކޮށްދޭ ކަމެއް ކަމަށެވެ.

އިސްރޯއިން މި ސެޓެލައިޓް ފޮނުވާލާފައިވަނީ ސްރީހަރިކޯޓާގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުންނެވެ.