ޕާކިސްތާނަށް ބޭރު ފައިސާގެ ދަތިކަމެއް ދިމާވެފައި ވުމާ ގުޅިގެން އެގައުމުގެ ޑިފޯލްޓިންގ ރޭޓިން ބީ މައިނަސް އިން ސީސީސީ ޕްލަސްއަށް ފިޗް ރޭޓިންސް އިން ދަށްކޮށްފިއެވެ.
ޕާކިސްތާނުގެ ރޭޓިން ދަށަށް ދިއުމަކީ ބޭރު ފައިސާ ލިބެން ހުރި މިންވަރުގެ ހާލަތު އިތުރަށް ގޯސްވެފައިވާކަން ދައްކައިދޭ ކަމެއް ކަމަށް ޖިއޯ ނިއުސް އިން ރިޕޯޓްކުރެއެވެ.
ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑައުންގްރޭޑް ކުރުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަކީ، ބޭރު ފައިސާ ތަދުވުމާއި އިގްތިސާދީ ސިޔާސަތު ގޮސްވުމެވެ.