ސަރުކާރުން 71.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ. ހޯރަފުށީގައި ހިންގަމުންދާ މަގުހެދުމުގެ މަޝްރޫއާ ބެހޭ އެންމެފަހުގެ މައުލޫމާތު އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.

އެކުންފުނީް މިއަދު ބުނެފައިވަނީ އެ މަސައްކަތުގެ %57 މިހާރު ވަނީ ނިމިފައި ކަމަށެވެ. އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތް ވަނީ %82 ނިންމާލެވިފައި ކަމަށް ވެސް ބުނެފައިވެއެވެ. ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ސަބްބޭސް އެޅުމުގެ މަސައްކަތާއި، ތާރު އެޅުމުގެ މަސައްކަތާއި، ކާރބް ގައު ޖެހުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.