އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީ ދިރިއުޅުނީ 1989ން ފެށިގެން ފިލައިގެންނެވެ. ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިޔުނު ފޮތާ ގުޅިގެން އޭނާއަށް މަރުގެއ ޙުކުމް އިއްވީ އީރާނުގެ އާޔަތުالله ރުހުالله ޚުމައިނީ އެވެ.

މިދިޔަ އޮގަސްޓް މަހު ނިއުޔޯކުގައި އަދަބީ ބައްދަލުވުމެއްގައި އިންދައި އޭނާއަށް އުމުރުން 24 އަހަރުގެ ހާދީ މަތަރު ދިން ހަމަލާގެ ސަބަބުން ރުޝްދީގެ އެއް ލޯ ކަނުވެ، އެއް އަތުގެ ހަރަކާތް ގެއްލިފައިވާ ކަމަށް އޭނާގެ އެޖެންޓު ބުނެއެވެ.

ރުޝްދީއަށް ޙަމަލަ ދިން އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހާދީ މަތަރަކީ ޚޮމައިނީ ރުޝްދީއަށް މަރުގެ ފަތުވާ ނެރުއްވި އިރު ދުނިޔެއައިސްފައި ހުރި މީހެއްވެސް ނޫން ކަމުން ހައިރާން ކަން ލިބިފައި ވެއެވެ.