ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ނޮވެމްބަރު މަހު މޮސްކޯއަށް ވަޑައިގަންނަވާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދަތުރުގެ މަގްސަދަކީ، ހަކަތައިގެ ރައްކާތެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެގައުމުގެ ދެމެދު މުދާ ބަދަލުކޮށް ވިޔަފާރިއާއި ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ އެހެނިހެން މައުޟޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ.

25 ވަނައިގައި އޮތުމަށްފަހު ރަޝިޔާ ވަނީ ކޮވިޑްގެ ފަހުން އިންޑިއާގެ ހަތް ވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއަށް ވެފައެވެ.

އިންޑިއާގެ އަނެއް ހަ ވިޔަފާރި ބައިވެރިންނަކީ، އެމެރިކާ (58 މިލިއަން ޑޮލަރު) ޗައިނާ (51 މިލިއަން ޑޮލަރު) ޔޫއޭއީ (37 މިލިއަން ޑޮލަރު) ސައޫދީ އަރަބިއްޔާ (24 މިލިއަން ޑޮލަރު)އިރާގް (19 މިލިއަން ޑޮލަރު) އިންޑޮނޭޝިއާ (19 މިލިއަން ޑޮލަރު) ރަޝިޔާ (14 މިލިއަން ޑޮލަރު) އެވެ.

އިންޑިއާއާއި ރަޝިޔާގެ ލީޑާރޝިޕުން ގާތްގާތުގައި ބައްދަލު ވުންތައް ބާއްވަވަމުން ގެންދަވައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މިދިޔަ މަހު ސަމަރްކަންދުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގެ ހަވާސާގައި ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ ޚާރިޖީ ވަޒީރާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ވަނީ ނިއުޔޯކްގައިވެސް ދާދިފަހުން ބައްދަލު ކުރައްވާފައެވެ.

އިންޑިއާއާއި ރަޝިޔާއާ ދެމެދު އާލާވަމުން އަންނަ ވިޔަފާރީގެ ގުޅުގައި ދެ ގައުމުން ދަނީ އަމިއްލަ ފައިސާއިން ދެ ފަރާތް ދެމެދު ވިޔަފާރި މުއާމަލާތު ކުރުމަށ ްމަގުފަހި ކުރަމުންނެވެ. އަދި ރަޝިޔާގެ މުދާ އެއްގަމު މަގުން އީރާން މެދުވެރިކޮށް އެތެރެ ކޮށް މުދާ އެތެރެ ކުރުމުގައި ހޭދަވާ މުއްދަތާއި ނާލުގެ އަގު ކުޑަކުރުމަށްވެސް ގޮތްތަކެއް ވަނީ ހޯދާފައެވެ. އޭގެ އިތުރުން ރަޝިޔާއިން ގިނަ އަދަދަކަށް ތެލާއި ގޭސްވެސް މިފަހުން އިންޑިއާއިން ވަނީ ވާދަވެރި އަގެއްގައި ގަނެފައެވެ.