ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން އެކުންފުނިން އުފައްދާފައިވާ 100 މިލިޔަން ކޮވިޑް ވެކްސިން، މުއްދަތު ހަމަވުމާ ގުޅިގެން ނައްތާލައިފިއެވެ.

ސީރަމް އިންސްޓިޓިއުޓުން ބުނެފައި ބުނެފައި ވަނީ ނައްތާލީ އެސްޓްރަޒަނިކާ ވަޒެވްރިއާ ޖެބް ވެކްސިން ކަމަށެވެ. މިވެކްސިން މައިގަނޑު ގޮތެއްގައި ބޭނުން ކުރީ އިންޑިޔާގެ އެތެރޭގައެވެ.

ސީރަމް ކުންފުނީގެ ސީއީއޯ އަޑާ ޕޫނަވައްލާ ވިދާޅުވީ ކޮވިޑް ވެކްސިނަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ވެކްސިން ކުރިއަށް އޮތް ތަނުގައިވެސް ނައްތާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮވިޑް ވެކްސިނަށް އޮތް ޑިމާންޑް ދަށްވުމާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ސީރަމް ކުންފުނިން ކޮވިޑް ވެކްސިން އުފެއްދުން ހުއްޓާލިއެވެ.

ކޮވިޑަށް ހާއްސަކޮށް އިންޑިޔާގެ އެކި ކުންފުނިތަކުން 2 ބިލިޔަނެއްހާ ވެކްސިން އުފެއްދިއެވެ. އިންޑިޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެގައުމުގެ %70 ރައްޔިތުން ވަނީ ކޮވިޑުގެ ދެޑޯޒް ފުރިހަމަ ކޮށްފައެވެ.