ޓެލެކޮމިއުނިކޭޝަންގެ ބޮޑު ކުންފުންޏަކާ ގުޅޭ ފެޑެރަލް ތަހުގީގަށް ހުރަސްއެޅުމަށް އެތައް ހާސް ޑޮލަރެއްގެ ފައިސާއެއް ހޭދަކުރުމުގެ ދައުވާ ޗައިނާގެ ދެ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި އުފުލައިފި އެވެ.

އެމެރިކާގެ ބަންޑާރަނާއިބް މެރިކް ގާރލަންޑް ވިދާޅުވީ އެ ދެ މީހުން މަސައްކަތް ކުރީ ތަހުގީގަށް ހުރަސް އެޅުމަށް ކަމަށެވެ. އެމީހުންނާ މުއާމަލާތު ކުރި އެފްބީއައިގެ އެޖެންޓުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރިކަމަށްވެސް ވިދާޅުވިއެވެ. އެއިރު އެ އޮފިޝަލް މަސައްކަތް ކުރަމުން ދިޔައީ އެފްބީއައިގެ ޑަބަލް އޭޖެންޓުންގެ ގޮތުގަ އެވެ.

ބެއިޖިން އިން ތުހުމަތު ކުރާ ގޮތުގައި ޗައިނަގެ އަގު ވައްޓާލުމަށް އެމެރިކާގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ޗައިނާއާ ދެކޮޅަށް ދޮގު ވާހަކަތައް އުފައްދާ ފަތުރަމުން ދެއެވެ.

ދައުވާގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ގޫޗުން ހެ އާއި ޒެންގް ވަންގްގެ ނަމުން ނަންދެވިފައިވާ އެ ދެ މީހުން އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލުންނާ ގުޅުން އުފައްދައި ޝަރީއަތަށް ހުރަސްއެޅުމަށް މަސައްކަތްވެސް ކުރިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ނަން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މީޑިއާއިން ބުނަނީ އެ ކުންފުންޏަކީ ޗައިނާގެ ޓެކް ޖަޔަންޓް ވާވޭ ކަމަށެވެ.