ޗައިނާ އިން ޓައިވާނާ ދެކޮޅަށް ހަރުކަށި އިންޒާރުތަކެއް ދިން ކަމުގައިވީނަމަވެސް ޓައިވާން ފަހަތަށް ނުޖެހޭނެކަމަށް ޓައިޕެއިން ބުނެއެވެ.
ޓައިވާންގެ ރައީސް ސައި އިންގް ވެން މިހެން ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ޓައިވާނާ މެދު ކަރުކަށި ވާހަކަތައް ދެއްކިފަހުންނެވެ.
ޗައިނާއިން ބުނެފައި ވަނީ ޓައިވާން މިނިވަންކަން އިއުލާން ކުރަން އުޅޭނަމަ ގަދަކަމުން އެކަން ހުއްޓުވާނެ ކަމަށެވެ. ޗައިނާ ބޭނުން ވަނީ އެއް ޗައިނާ ދެ ނިޒާމުގެ ދަށުން ތައިވާން ޗައިނާއާ އިއްތިހާދު ކުރާސެވެ. ނަމަވެސް ހޮންގކޮންގއާ މެދު ޗައިނާއިން އަމަލު ކޮށްފައިވާ ގޮތުން ޗައިނާގެ ނިޔަތާމެދު ހުރިހައި ފަރާތަކުންވެސްޝައްކުރެއެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ކޮލޮނީ ހޮންކޮންގުގައި އޮތް ޑިމޮކްރެޓިކް ނިޒާމާއި މަދަނީ މިނިވަންކަމާއި ޝަރުއީ މިނިވަންކަން ފާއިތުވި އަހަރުތަކުގައި ނެތިގެން ގޮސްފައިވެއެވެ.
ޓައިޕޭގައި އޮތް ޑިމޮކްރަސީއަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ބައިނަލްއަގްވާމީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޓްސައި ވިދާޅުވީ ފިނި ހަނގުރާމައިގެ ފަހުން ޑިމޮކްރަސީތަކާއި ލިބަރަލް މުޖުތަމައުތަކަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.