ބޮލީވްޑުގް ގެ މަޝްހޫރު ތަރި ސަލްމާޤން ޚާން، ޑެންޑޫ ހުމުން ރަނގަޅު ވުމުން އެންމެ ފުރަތަމަ ބައިވެރިވި ހަފުލާ އަކީ ޅިޔަނު އަޔުޝް ޝަރުމާގެ އުފަންދުވަހުގެ ޕާޓީއެވެ.

އަޔުޝް ޝަރުމާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އެވެ. އަރްޕިތާ އަކީ ސަލްމާން ޚާންގެ ބައްޕަ "އެޑޮޕްޓް" ކުރި ކުއްޖެކެވެ.

ސަލްމާން ޚާން މި ޕާޓީއަށް ދިއުމުން ނޫސް ވެރިން އޭނާގެ ގާތު ހާލު ކިހިނެއްތޯ ސުވާލުކުރިއެވެ. ނޫސްވެރިންގެ ސުވާލަށް ޖަވާބުދެމުން ސަލްމާން (ބޯ ޖަހާލާފައި ބޮޑުވާ އިނގިލި ހިއްލާލާފައި) އިޝާރާތުން ހާލު ރަނގަޅުކަމަށް ބުންޏެވެ.

ސަލްމާން ޚާންގެ އިތުރަށް އޭނާގެ ކޮށްކޮ އަރުބާޒް ޚާން އާއި ސުޙެއިލް ޚާން އަދި ބޮލީވްޑްގެ ވަރަށްގިނަ ފަންނާނުން އަޔުޝްގެ ޕާޓީގައި ބައިވެރިވިއެވެ. ކަންގުނާ ރަނާވަތާއި، ޝެހެނާޒް ގިލް، ސޮނަކްޝީ ސިންގްހާ، ޗަންކީ ޕާންޑޭގެ އިތުރަށްވެސް ގިނަ ފަންނާނުންތަކެއް މި ޕާޓީގައި ބައިވެރި ވިއެވެ.

އަޔުޝް ޝަރުމާއަށް 32 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ކުލަ ގަދަ ޕާޓީ އޮތީ ރޭ މުންބާއީ ގަައެވެ. މި ޕާޓީގައި ސަލްމާޚާންގެ އާއިލާގެ މެންބަރުންވެސް ބައިވެރި ވިއެވެ.