އީރާނުގެ ފުލުހުންގެ އަތުން މަރުވި މަހްސާ އަމީނީ މަރުވިތާ ސާޅީސް ދުވަސް ފާހަގަ ކުރުމަށް އޭނާގެ މަހާނަ ކައިރިއަށް އީރާންގެ ރައްޔިތުންގެ ބަޔަކު އިއްޔެ އެއްވިއެވެ.
40 ވާ ދުވަސް ފާހަގަ ކުރުމަށް މީހުން އެ މަހާނަކައިރިއަށް އެއްވެދާނެ ކަމަށް ބަލައި އީރާން ފުލުހުން އޮތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އީރާނުގެ ހުޅަނގުގެ ކުރުދީސްތާނުގައި މަހްސާ އަމީނީ އުފަން ރަށް ކަމަށްވާ ސައްޤާޒްގެ އައިޖީގެ ސަހަރާއަށް އެއްވީ ދިހަވަރަކަށް އަންހެނުންނާއި ފިރިހެނުން ނެވެ.
އެތައް އެއްވި މަދު މީހުން ވަނީ އީރާންގެ ލީޑަރުންގެ މަރަށް ގޮވާލާފައެވެ.
އަމީނީ މަރުވުމާ ގުޅިގެން އީރާންގައި ކުރިން ނުފެންނަ މުޒާހަރާތަކެއް ކުރިއަށް ދެއެވެ. މި މުޒާހަރާތަކުގައި އިސްކޮށް ތިބެނީ ޒުވާން އަންހެނުންނާއި ޔުނިވަރސިޓީ ދަރިވަރުންނެވެ. މުޒާހަރާ ކުރި ބައެއް ކުދިން ވަނީ އެމީހުންގެ ބުރުގާތައްވެސް އަންދާލައި ބޮލުގެ އިސްތަށިގަނޑު ބުރިކޮށްފައެވެ.