ބަޑިބޭހުގެ ކުޅިވަރާ ނުލަ އިންޑިއާގައި ޚާއްޞަ ދުވަސްތަކާއި ފެސްޓިވަލްތައް ފުރިހަމަ ނުވެޔޭ ބުޏްޏަސް ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް މިހާރު މި ކުޅިވަރަކީ މުޖުތަމޢާއި ތިމާވެށްޓަށް ގެއްލުން ލިބޭ ކަމެއްކަން އެނގުމުން ބައެއް މީހުން މި ކޫޅިވަރު ކުޅުން ހުއްޓާލައިފިއެވެ. އޭގެ ތެރެއިން އެކަކީ ފިލްމީ ތަރި ރަކުލް ޕްރީތް ސިންގް އެވެ.

ރަކުލް ބުނީ އޭނާގެ އުމުރުން 9 އަހަރުގައި، ބަޑިބޭހުގެ ކުޅިވަރު ކުޅެން ފެށުމުން އޭނާގެ ބައްޕަ 500 ރުޕީސް އަތަށް ދިނުމަށްފަހު އެ އަންދާލުމަށް ބުނިކަމަށެވެ. އެކަމާ ހައިރާންވެގެން ބައްޕަގާތު އެއީ ކީއްވެތޯ ސުވާލު ކުރުމުން، ޖަވާބުގައި ބައްޕަ ބުނީ އޭނާ އެ އަންދަނީ ހަމަ އެފައިސާ ކަމަށެވެ. އެއަށްވުރެ އެ ފައިސާއަށް ބޭނުން ޖެހިފައިވާ ކުއްޖަކަށް ޗޮކްލެޓެއް ގަތްދިނުންވެސް މާ ރަނގަޅު ވާނެކަމަށް އޭނާގެ ބައްޕަ ބުނިކަމަށް ރަކުލް ބުންޏެވެ. އެއަށްފަހު ބައްޕައާއެކު ފިހާރައަކަށް ކޮސް މެޓައާއި ޗޮކްލޭތް ގަނެ ކުދިންނަށް ބެހިކަމަށް ރަކުލް ބުންޏެވެ. އަދި އެކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމަށް އޭނާ ބުންޏެވެ.

އެ ދުވަހުގެ ފަހުން ބަޑިބޭހުގެ އެއްވެސް ކުޅިވަރެއް ނުކުޅޭ ކަމަށް ރަކުލް ބުނިކަމަށް ހިންދުސްތާން ޓައިމްސް އިން ޚަބަރު ދެއެވެ.

ރާކުލް ޕްރީތް، ބަޑިބޭހު ކުޅިވަރާ ދުރުވި ނަމަވެސް އިންޑިއާގައި ދިވާލީ އާއި އެހެނިހެން ދުވަސްތައް ފާހަގަކުރުމަށް ބަޑި ބޭހު ކުޅިވަރު ކުޅުން މަދެއް ނުވެއެވެ. ފަޓާސް ޖެހުމާއި ހަވާ އެރުވުމުގެ ސަބަބުން މިފަދަ ދުވަސްތަކުގައި ބޮންބޭ އާއި ދިއްލީ ފަދަ ސަހަރު ތައް ބޯ ދުމުންތަޣައްޔަރު ކުރެއެވެ.

ރަކުލް ޕްރީތް ސިންގް އަކީ އިންޑިއާގެ ތެލަނގޫ، ހިންދީ، ތަމަޅަ އަދި ކަންނާޑާ ފިލްތައްވެސް ކުޅޭ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނުނީ "ޑޮކްޓަރ ޖީ" އިންނެވެ. އަދި އޮކްޓޫބަރ 25 ގައި އޭނާ، އަޖޭ ދޭވްގަން އާއި ސިދާތް މަނޯތުރާ އާއި އެކު ކުޅެފައިވާ "ތެންކް ގޯޑް" ސިނަމާތަކުގައި އަޅުވައިފިއެވެ.