ރަކުލް ޕްރީތް ސިންގްގެ އެންމެ ފަހުން ކުޅުނު ފިލްމު "ތެންކް ގޯޑް" ބޮޑު ސްކުރީން ތަކުގައި އެޅުވުމުން އޭނާ މަސައްކަތުން ދުރުވެ ޗުއްޓީހޭދަކޮށްލުމަށް ދިވެހިރާއްޖެ އަތުވެއްޖެއެވެ.

މިއަދު އިންސަޓަރ ގްރާމް މެދުވެރިކޮށް އޭނާ ހިއްސާކޮށްފައިވާ ފޮޓޯތަކުގައި ވަނީ ދިވެހި ރާއްޖޭގެ ހިތްގައިމު ގޮނޑު ދޮށްތަކުގައި ނަގާފައިވާ މަންޒަރު ތަކެވެ. ފޮޓޯ ތަކުގެ ދަށުގައި ލިޔެފައިވަނީ އަރާމު ކުރުމާއެކު ކުރެވުނު ކަންކަމާމެދު ވިސްނަނީ ކަމަށެވެ.

ރަކުލް ޕްރީތް ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ބ. އަތޮޅު ފިނޮޅު ގައެވެ.

ރަކުލް ނޫނަސް ފަހަކަން އައިސް އިންޑިއާގެ މަޝްހޫރު ފަންނާނުންނާއި މުއްސަނދި ވިޔަފާރި ވެރިން ޗުއްޓީ ހޭދަކުރުމަށް އަންނަ މުހިންމު މަންޒިލަކަށް ރާއްޖެވަނީ ވެފައެވެ.

ރަކުލް ޕްރީތް ސިންގް އެންމެ ފަހުން ކުޅުނު ފިލްމް "ތެންކް ގޯޑް" ސިނަމާތަކުގައި އެޅުވީ މިމަހު 25 ގައެވެ. އެ ފިލްމުގައި އޭނާ އާއި އެކު މުހިންމު ބައިތައް އަދާކުރި ތަރިންގެތެރޭގައި އަޖޭ ދޭވްގަން އާއި ސިދާތް މަނޯތުރާ ހިމެނެއެވެ.