ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކު ކުރެވިގެން ބްރަޒީލްގެ ރެލާޓޯ އަލްފްރެޑޯ ހިފެހެއްޓިއެވެ. 21 އަހަރުގެ ޒުވާނާއަށް ޝައްކު ކުރެވުނީ އެތެރެ ހަށީގައި މަސްތުވާތަކެތި ފޮރުވައިގެން އުޅޭ ކަމަށެވެ.

ނޮވެމްބަރު މަހުގެ 28ގެ މިހާދިސާގެ ބަތޮލުންނަކީ ދިވެހި ކަސްޓަމސް އޮފިސަރުން ކަން ޔަގީނެވެ. އެމީހުންގެ ހުޝިޔާރު ލޯތަކުން ދިވެހިރާއްޖޭގެ ބޯޑަރާއި ދިވެހިން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކޮށްދޭ ކަން ޔަގީނެވެ.

ރެނާޓޯގެ ހަށިގަނޑު އެކްސްރޭ ކުރުމުން ޔަގީން ކުރެވުނީ އޭނާގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށެވެ. ފުލުހުންނާ ގުޅިގެން މި މީހާ ހަސްފަތާލުގައި ބާއްވައި ބަނޑު ސާފުކުރުމުން މަސްތުވާތަކެތި އޭނާގެ ބޮޑުކަމުދާ ތަކެތިން ފެނި މައްސަލަ ކަށަވަރު ކުރެވުނީއެވެ.

ރެނާޓޯ އަލްފްރެޑޯ ދިރުވާލައިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނީ 66 ބުލެޓްގެ މަސްތުވާ ތަކެއްޗެވެ. މިހާރު އޭނާ އެހެނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.

ސުއާލަކީ ރާއްޖޭގައި އޭނާގެ ހޭންޑްލަރުން ކޮބައި ހެއްޔެވެ؟ މިކަހަލަ ވިއުގަތައް ރޫޅާލުމުން ނޫނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެއެވެ.