ޓެރަރިޒަމްގެ ބޭނުމުގައި އާ އަދި އީޖާދީ އައު ޓެކްނޮލޮޖީތައް ބޭނުންކުރުމާ ދެކޮޅަށް މަސައްކަތްކުރާ ޑެލްހީ ޑިކްލެރޭޝަން ފާސްކޮށްފިއެވެ.
ދިއްލީ ޑިކްލެރޭޝަން ފާސްކޮށްފައި ވަނީ އާ އަދި އީޖާދީ ޓެކްނޮލޮޖީތަކަށް އަމާޒުކޮށްގެން އިންޑިއާގައި ބޭއްވި ހާއްސަ ބައްދަލުވުމެއް ކަމަށްވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ކައުންޓާ ޓެރަރިޒަމް ކޮމިޓީންނެވެ.
ދިއްލީ ޑިކްލެރޭޝަން ތަސްދީގުކުރުމަށް އިންޑިއާއިން ވަނީ ކައުންޓާ ޓެރަރިޒަމް ކޮމިޓީގެ ހާއްސަ ބައްދަލުވުމުގެ ތިން މައުޟޫއަށް ލަފާ ދޭން ނިންމާފައެވެ. އެއީ ޓެރަރިސްޓުން އައިސީޓީ އާއި އިމަރޖިންގ ޓެކްނޮލޮޖީސް ބޭނުން ކުރުމާ ބެހޭ ގޮތުންނާއި އާ ޕޭމަންޓް ޓެކްނޮލޮޖީތަކާއި ޓެރަރިސްޓް ކަންކަމަށް ފަންޑު ހޯދުމާއި ގުޅޭ ނުރައްކާތަކާއި ފުރުސަތުތަކާއި އަދި ޓެރަރިސްޓުން ޑްރޯން ބޭނުން ކުރުމުގެ ނުރައްކަލާ ބެހޭ ގޮތުންނެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި މައުލޫމާތާއި މުވާސަލާތީ ޓެކްނޮލޮޖީތައް ޓެރަރިސްޓުން ބޭނުންކުރުން އިތުރުވެފައިވާކަން ވެސް ދިއްލީ ޑިކްލެރޭޝަންގައި ފާހަގަކޮށްފައިވެ އެވެ.