ޔޫކްރޭނުގައި ރަޝިޔާއިން ހަނގުރާމަ ކުރި ނަމަވެސް ޗައިނާއަކީ އެމެރިކާއަށް އެންމެ ބޮޑު ސަލާމަތީ ގޮންޖެހުން ކަމަށާއި، ބެއިޖިންގެ ނުރައްކަލުގެ ސަބަބުން އެމެރިކާގެ ސިފައިންގެ މުސްތަގުބަލަށް ތަކެތި ތައްޔާރުކޮށް ބައްޓަން ކުރެވޭނެ ގޮތް ކަނޑައަޅާނެ ކަމަށް ޕެންޓަގަންގެ އާ ދިފާއީ ސްޓްރެޓެޖީއެއްގައި ބުނެފި އެވެ.

ބުރާސްފަތި ދުވަހު އާންމުކުރި ލިޔުމުގައި ޗައިނާއާ ކުރިމަތިލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ނަމަވެސް އެއީ އެދެވިގެންވާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އެ ޑޮކިއުމެންޓްގައި ބުނާ ގޮތުން ޓައިވާނަށް ނުރައްކާ ކޮށް އިންޑޯ ޕެސިފިކްގައި އެމެރިކާގެ އިއްތިހާދުތައް ރޫޅާލުމަށް ޗައިނާއިން މަސައްކަތް ކުރެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ނެރުނު 80 ޞަފްޙާގެ، ރިޕޯޓުގައި ޔޫކްރޭނުގައި ރަޝިޔާގެ ހަނގުރާމަ ފާހަގަ ކޮށް ބުނެފައި ވަނީ މޮސްކޯއަކީ އެމެރިކާއާއި އެޤައުމުގެ އެކުވެރިންނަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރާއި ސައިބަރ އޮޕަރޭޝަންތަކާއި ދުރުރާސްތާގެ މިސައިލްތައް އުފައްދާފައިވާ ކަމަށް ބުނެފައިވެއެވެ.

ޗައިނާއާއި ރަޝިޔާގެ ރަހުމަތްތެރިންގެ ގޮތުގައި ކުރިއަރަމުންދާއިރު، އެމީހުން ފުށުން އިތުރު ނުރައްކާތެރި ގޮންޖެހުންތަކެއް އެމެރިކާއަށް ކުރިމަތިވަމުންދާ ކަމަށް އިންޒާރު ދީފައިވެ އެވެ.

ޗައިނާއަކީ "ބައިނަލްއަގްވާމީ ނިޒާމު އަލުން ބައްޓަން ކުރުމުގެ ނިޔަތުގައި ބާރު އިތުރުވަމުން އަންނަ ހަމައެކަނި ވާދަވެރިޔާ" ކަމަށް ޕެންޓަގަންގައި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވި އެވެ.

“ޗައިނާ ހިލާފަށް ރަޝިޔާއަށް ދިގު މުއްދަތަކަށް އެމެރިކާއަށް ނިޒާމީ ގޮތުން ގޮންޖަހާކަށް ނުކެރޭނެ. އެކަމަކު ރަޝިޔާގެ އަނިޔާވެރިކަމަކީ އަޅުގަނޑުމެންގެ މަސްލަހަތާއި އަގުތަކަށް އޮތް ބޮޑު ނުރައްކަލެއްކަން ޔަގީން.” އނާ ވިދާޅުވިއެވެ.