އިރުމަތީ ޗައިނާ ކަނޑުގެ ބައެއް ހިސާބުތަކުގައި ކަނޑުގެ ސަރަހައްދުގެ ސިޔާދަތީ ހައްގުތަކާ ގުޅޭ ގޮތުން ވިއެޓްނާމާ އެކު ފުށުއަރާ ކަންކަން އޮތްކަމަށް ކަމަށް ޗައިނާ ސަރުކާރުން ބުނި ވާހަކައަށް ރައްދު ދެމުން އިންޑޮނޭޝިއާއާއެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ޗައިނާއިން ހުށަހެޅުމެް ހުށަހަޅާފައި ނުވާ ކަމަށް ބުނެފައެވެ.

ޖަކާޓާއިން ބުނީ ޗައިނާގެ ނުވައެއް ޑޭޝް ލައިންގެ ސަބަބުން ޖަކާޓާގެ އިގްތިސާދީ މަސްލަހަތަށް ނުރައްކާވެފައިވާ ކަމަށެވެ.

ޗައިނާގެ ދާއިމީ މިޝަނުން އދ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އާއި އިންޑޮނޭޝިއާއާ ދެމެދު ސަރަހައްދީ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ދެކުނު ޗައިނާ ކަނޑުގެ ބައެއް ހިސާބުތަކުގައި ކަނޑުގެ ހައްގުތަކާއި މަސްލަހަތާ ގުޅޭ ގޮތުން ޗައިނާ އާއި އިންޑޮނޭޝިއާގެ ދައުވާތައް އެއްކުރަން ޖެހޭ ކަމަށް ޗައިނާއިން ބުނެފައި ވެއެވެ.

ޗައިނާގެ ސިޓީގައި ބުނެފައި ވަނީ އިންޑޮނޭޝިއާއާ އެކު މަޝްވަރާކޮށް ފުށުއަރާ ސަރަހައްދާ މެދު ކުރާ ދައުވާތައް ހައްލުކޮށް، ދެކުނު ޗައިނާ ކަނޑުގައި ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަށް އިންޑޮނޭޝިއާއާ ގުޅިގެން މަސައްކަތް ކުރަން، ޗައިނާ އިން ތައްޔާރަށް އޮތް ކަމަށެވެ.

ޗައިނާގެ ވާހަކައަށް ރައްދު ދެއްވަމުން އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރު ޖެނެރަލް އޮފް އިންޓަނޭޝަނަލް ލޯ އެންޑް ޓްރީޓީސް ޑަމޮސް ޑޫމޮލީ އަގުސްމަން ވިދާޅުވީ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ދެ ގައުމުން ބާއްވަން އެއްބަސްވެފައި ނުވާނެ ކަމަށާއި އަދި ޗައިނާއިން ނބުނާ ވާހަކައާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އދ.ގެ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާ (ޔޫއެންސީއެލްއޯއެސް) 1982 އަށް ބިނާކޮށް އިންޑޮނޭޝިއާއާއި ޗައިނާއާ ދެމެދު ފުށުއަރާ ދައުވާތަކެއް ނެތް، އެހެންކަމުން މެރިޓައިމް ބައުންޑަރީ ޑެލިމިޓޭޝަންއާ ބެހޭ އެއްވެސް މަޝްވަރާއެއް ކުރުމަކީ ގުޅުން ހުރި ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިންޑޮނޭޝިއާއިން ދެކޭގޮތުގައި އިންޑޮނޭޝިއާއަށް އެގައުމުގެ ސަރަހައްދު ސާފުކޮށް އެނގެއެވެ.