1980ގެ ފަހު ކޮޅުން ފެށިގެން 2000 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ބޮލީވުޑްގައި ފިޔަޖަހަމުން ދިޔަ ތަރި ޖޫހީ ޗާވަލާ އާއި ޖޭ މެހެތާގެ އަންހެންދަރިފުޅު ހީވަނީ ހަމަ ޖޫހީ ހެންނެވެ. ޖޫހީގެ ޒުވާން ދުވަސްރުގެ ފޮޓޯތަތަކާއި ވީޑިއޯތައް ބަލާލުމުން އޭނާގެ ދަރިފުޅު ޖާންވީ މެހެތާ އާއި ވައްތަރުކަން މާ ބޮޑަށް ޏޭޢށފާހަގަކުރެވެ އެވެ.

ޖޫހީ އޭނާގެ ކުދިން ގެންގުޅެނީ މީޑިއާއާއި އަދި ނޫސްވެރިންނާ ވަރަށް ދުރުކޮށް ގެނެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން ޖާންވީ މެހެތާގެ ނަން މީޑިއާގެ ސުރުޙީތަކަށް އަރައެވެ.

1984 ވަނަ އަހަރު މިސް ޔުނިވާސް ހާސިލް ކުރި ޖޫހީ ޗާވަލާ "އިންޑަސްޓްރިއަލިސްޓް" ޖޭ މެތާ އާއި ކައިވެނި ކުރީ 1995 ގައެވެ. މި ދެމަފިރިންގެ ދެ ދަރިން ތިބެއެވެ. ޖާންވީ މެހެތާ އާއި އަރުޖުން މެހެތާ އެވެ.

ޖޫހީ އަކީ ޖޭ މެހެތާގެ ދެވަނަ އަންތްބެވެ. ޖޫހީގެ ކުރިން އޭނާ އެހެން ކައިވެންޏެއް ކުރިއެވެ. ޖޭ އާއި ޖޫހީ އުމުރުގެ ގޮތުން ތަފާތު ނަމަވެސް ދިރިއުޅެނީ ވަރަށް އުފަލުގައި ކަމުގައި އިންޑިއާގެ މީޑިއާތަކުން ޚަބަރު ދެއެވެ.

ދާދި ފަހުން ޖޫހީ ހިއްސާކުރި ވީޑިއޯ އެއް ބެލުމަށްފަހު ގިނަ ބަޔަކު ބުނަމުންދަނީ ޖޫހީގެ ދަރިފުޅު ޖާންވީ އަކީ އޭނާގެ ކޮޕީއެއް ކަމަށެވެ.