އިންޑިއާގެ ޑިފެންސް މިނިސްޓްރީއަކީ ދުނިޔޭގެ އެންމެ ބޮޑު ވަޒީފާދޭ ފަރާތްކަމަށް ސްޓެޓިސްޓާ އިންފޯގްރާފިކް އިން ދައްކައެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީއާ ގާތްކުރާ ވަޒީފާ ދޭ ދެވަނަ ފަރާތަކީ 2.91 މިލިއަން މީހުން ވަޒީފާ އަދާކުރާ އެމެރިކާގެ ދިފާއީ ވުޒާރާއެވެ.
ސްޓެޓިސްޓާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ އެކި މައްސަލަތަކާ ގުޅޭ ޑޭޓާއާއި ތަފާސްހިސާބުތައް ފޯރުކޮށްދޭ ޖަރުމަނުގައި ހުންނަ އަމިއްލަ އިދާރާއެކެވެ.
"ދުނިޔޭގެ އެންމެ ބޮޑު ވަޒީފާދޭ ފަރާތްތަކުގެ ރޭންކިންގެ އެންމެ ކުރީގައި އޮތީ އިންޑިއާގެ ޑިފެންސް މިނިސްޓްރީ އެވެ. މިހާރުވެސް ސިފައިންގެ ޚިދުމަތުގައި އުޅޭ މީހުންނާއި ރިޒާވިސްޓުންނާއި ސިވިލް ސްޓާފުން އެއްކޮށްލުމުން ޖުމްލަ އަދަދު 2.92 މިލިއަނަށް އަރައެވެ." ރިޕޯޓުގައި ބުނެފައި ވެއެވެ."