ޕާކިސްތާންގެ ސިފައިންގެ ވެރިޔާ ގަމަރު ޖާވިދު ބަޖްވާއަށް މުއްދަތެއް ނެތް ގޮތަށް މަގާމުގައި ހުންނެވޭ ގޮތަށް އޭނާއަށް ސިފައިން ހުށަހެޅި ކަމަށް ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ ނަދީމް އަންޖުމް ނޫސްކޮންފަރެންސެއް ގައި ވިދާޅުވެއެވެ.

ޖެނެރަލް ނަދީމް ވިދާޅުވީ އެ ހުށަހެޅުން ހުށަހަޅާފައި ވަނީ އިމްރާން ޚާން، އޭނާގެ ސަރުކާރު ވެއްޓިޔަ ނުދީ ސަލާމަތް ކުރުމަށްޓަކައި، ސިފައިންނާއެކު ހައްދަވަން އުޅުއްވި ޑީލެއްގައެވެ.

މުއްދަތެއް ނެތް ގޮތަށް ސިފައިންގެ ވެރިޔާގެ މަގާމުގައި ދެމިހުންނެވުމަށް ބަޖްވާއަށް ހުށަހެޅުއްވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަންޖުމް ވިދާޅުވީ ސިފައިންގެ ލީޑަޝިޕާ ދެކޮޅަށް އިމްރާން ކޯފާ އިސްކުރެއްވި އަސްލު ސަބަބަކީ ގާނޫނުއަސާސީއާ ހިލާފު އެއްވެސް ދައުރެއް އަދާކުރުމަށް ބަޖްވާ އާއި އޭނާގެ މުއައްސަސާ އިންކާރު ކުރުމުންނެވެ.

މި ޕްރެސްކޮންފަރެންސަކީ ޕާކިސްތާނުގެ އިސް ނޫސްވެރިޔާ އަރުޝަދު ޝަރީފް މަރާލުމުގެ ސިއްރާ ގުޅޭ ގޮތުން ޕީޓީއައިގެ އިސް އޮފިޝަލުންގެ ނަން ހިމަނައިގެން ދޮގު ބަޔާންތައް ދައްކަވަމުން ދިޔަ ވަގުތެއްގައި ބާއްވާފައިވާ ކޮންފަރެންސެކެވެ.