ކީރިތި ގުރުއާނަށް އިހާނާތްތެރިކޮށް ހިތިކަމަށް ތުހުމަތު ކުރެވޭ އަންހެނަކު ކަރާޗީގައި ހައްޔަރުކުރުމަށް ފަހު، އެ އަންހެންމީހާއަށް ހަމަލާ ދިނުމަށް ރުޅިގަދަ ވެފައިވާ ބަޔަކު ވަނީ ކަރާޗީގެ ޕޮލިސް ސްޓޭޝަނަށް ގަދަކަމުން ވަދެފައެވެ.

ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ ދެކޮޅަށް ފޔަވަޅުއަޅާ ގާނޫނުގެ ދަށުން ހައްޔަރުކުރި އަންހެން މީހާއަކީ ނަފްސާނީ ގޮތުން ބަލި މީހެއްކަމަށް ޑޯންގައި ރިޕޯޓްކޮށްފައިވެ އެވެ. އަންހެން މީހާއަށް ހަމަލ ދޭން އާންމުން ފުލުހުންގެ މަރުކަޒަށް ވަނުމުން ފުލުހުން ވަނީ ހަތިޔާރާއެކު ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ ޝަކުވާގައި އެ އަނެހންމީހާ ކީރިތި ޤުރުއާން އަންދާލި ކަމަށްވެސް ބުނެފައި ވެއެވެ.