އދ.ގެ ސަލާމަތީ މަޖިލީހުގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީން އިންޑިއާގެ މުހިންމު ސިޓީތަކެއް ކަމަށްވާ ނިއުދިއްލީ އާއި މުމްބާއީގައި މަޝްވަރާތައް ބޭއްވުމަކީ ތާރީހީ ކަމެއް ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނައި ކުވާޓްރާ ވިދާޅުވެއެވެ.

އޭނާ ވަނީ ދިއްލީ ޑިކްލެރޭޝަން ފާސްކޮށްދެއްކި ކަމަށްޓަކައި ސަލާމަތީ ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ އިންޑިއާގެ މުހިންމު ދެ ސިޓީއެއްގައި ސަމާލަތީ މަޖިލީހުން މަޝްވަރާތައް ބޭއްވި ފުރަތަމަ ފަހަރު ކަމުގައި އޭނާ ވިދާޅުވިއެވެ.

ދިއްލީ ޑިކްލެރޭޝަން އަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީން އިންޑިއާގައި ބޭއްވި ހާއްސަ ބައްދަލުވުމެކެވެ. އޭގައި އާ ޓެކްނޮލޮޖީތަކާއި އީޖާދީ ޓެކްނޮލޮޖީތައް ޓެރަރިސްޓުން ބޭނުން ކުރުމާ ބެހޭ ގޮތުން ބަހސްކޮށްފައި ވެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ސެކިއުރިޓީ ކައުންސިލުގައި އޮންނަ އެކަމާ ބެހޭ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަޝަންކަރުއެވެ.