ހުޅުމާލޭ ރެހެންދި ދަނޑުގައި މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕުގެ އަންހެން ޑިވިޜަނުގެ ފައިނަލުން ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރޭ ޖާގަ ހޯދައިފިއެވެ.

ސިފައިންގެ ކްލަބު ފައިނަލުން ޖާގަ ހޯދީ، މިދިޔަ އަހަރު އެޓީމު ސެމީފައިނަލުން ކަޓުވާލި ވެމްކޯ 2-6 އިން ބަލި ކޮށްފައެވެ. މިމެޗުގައިވެސް ސިފައިންގެ ތަރިޔަކަށް ވެގެންދިޔައީ އެޓީމަށް ކުޅޭ ބަންގްލަދޭޝް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޝަބީނާއެވެ.

އެމްޕީއެލް ފައިނަލުން ޖާގަ ހޯދީ ފެނަކަ 3-2 އިން ބަލިކޮށްފައެވެ. މިމެޗުގައި އެމްޕީއެލްއަށް ލަނޑު ޖަހައިދިނީ ނަތަމޯލް އަތުކުލާ އާއި ފަރާ އަހްމަދެވެ. ފެނަކައިގެ ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ރާނީ މުލްޔަސާރީއެވެ.

ސިފައިންނާއި ފެނަކަ ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 21:15 ގައެވެ.