ކަރީނާ ކަޕޫރު އޭނާގެ ހަގު ދަރިފުޅު ގޮވައިގެން، ހަންސަލް މެހެތާގެ ފިލްމެއްގެ މަންޒަރުތައް ނެގުމަށް ލަންޑަނަށް ދިއުމުން ސައިފު އޭނާގެ ދޮށީދަރިފުޅު ތައިމޫރު ގޮވައިގެން ރާއްޖެ އައިސް ޕިއްޒާ ފިހަނިކޮށް ނަގާފައިވާ ފޮޓެއެއް އާންމު ކޮށްފިއެވެ.

ބޮލީވުޑުގައި މަޝްހޫރު ނަވާބު ސައިފު އަލީ ޚާން އާއި ދޮށީދަރިފުޅުޅު ތައިމޫރީ އަލީ ޚާން އާއި ދެބަފައިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާކަން އެންގީ މިއަދު ހިއްސާކުރި ޕިއްޒާ ފިހާ ފޮޓޮއަކުންނެވެ. މި ފޮޓޯގައި ތައިމޫރު ހުރީ ބޮލުގައި ޝެފުން އަޅާ "ހެޓް" ވެސް އަޅައި އޭޕްރަންވެސް ލައިގެނެވެ.

އެހެން ފޮޓޮއެއްގައި ސައިފު ތައިމޫރު ގޮވައިގެން އެމީހުން ތިބި ރިސޯޓުގެ ގޮނޑުދޮށުގައި ހުރި ގޮނޑިއެއްގައި އިށީނދެ ތިބޭތަން ފެނެއެވެ.

ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރަކީވެސް ވަރަށް ގިނައިން ޗުއްޓީހޭދަ ކުރުމަށް ރާއްޖެ އަންނަ ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުންނެވެ. އެހެންނަމަވެސް މިއީ ސައިފު ކަރީނާ އާއި ވަކިން ދޮށީ ދަރިފުޅު ތައިމޫރު ގޮވައިގެން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ފުރަތަމަ ފަހަރެވެ.