ގޭތެރެއާއި ނިދާ ކޮޓަރި އަދި ފާޚާނާއިން މީރުވަސް ދުއްވުމަށް ލުނބޯ ބޭނުންކުރަން، ތަޖުރިބާ ކޮށްލުން ކިހިނެއް ހެއްޔެވެ؟

ގޭތެރެއިން މީރުވަސް ދުއްވުމަށް އެެކި ބާވަތްތަކުގެ ސްޕްރޭގެ ބަދަލުގައި ލުނބޯ ބޭނުން ކުރެވިދާނެ ތަފާތު ގޮތްތައް ހުރެއެވެ. އެގޮތުން މިއަދު މީރުވަސް ދުށްވުމަށް ލުނބޯ ބޭނުން ކުރެވިދާނެ ދެ ގޮތެއް ހިއްސާ ކޮށްލަމެވެ.

ލުނބޮއެއް 4 ފަޅިއަށް ފަޅާލުމަށްފަހު އެއްކޮށް ވަކިކޮށްނުލައި ފޮޓޯގައި އެވާގޮތަށް ތައްޓެއްގެތެރަށް ލާށެވެ. އެއަށްފަހު ލުނބޯ ތެރެއަށް 1 މޭޒުމަތީ ސަމުސާ ފުރެއްދި ލޮނު އަޅާށެވެ. ދެން ލޮނުގެ މައްޗަށް ގޭގައި ބޭނުންކުރާ "ސޮފްޓްނާ" އަކުން 1 މޭޒުމަތީ ސަމުސާ ސޮފުޓްނާ އަޅާށެވެ. މިގޮތަށް ހެދުމުން ގޭތެރޭގައި މީރުވަސް ހިފާފައި ހުންނާނެއެވެ.

ލުނބޯ ބޭނުންކޮށްގެން ގޭތެރޭގައި މީރުވަސް ދުއްވޭނެ އަނެއް ގޮތަކީ ކުރިންވެސް ފެޅިގޮތަށް 4 ފަޅިއަށް ލުނބޯ ފަޅާލުމަށްފަހު މެދަށް ލޮނު އަޅާފައި ކަރަންފޫ އެޅުމެވެ. މިގޮަތަށް 8 ނޫނީ 10 ކަރަންފޫ އަޅާފައި ފާޚާނާގައި ނުވަތަ ކޮޓަރީގައި ބެހެއްޓުމުން 3 ދުވަސްވަދެން މީރުވަސް ނުކެނޑި ހުންނާނެއެވެ.

އާންމުގޮތެއްގައި ލުނބޯ މި ބޭނުންކުރެވެނީ ކެއުމުގެ ރަހަމީރު ކުރުމަށެވެ. އެހެންނަމަވެސް ގޭތެރެއާއި ކޮޓަރިތަކުގައި މީރުވަސް ދުއްވުމަށްވެސް ލުނބޯ ހަމަ އެއްވަނައެވެ.