ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ވޯރކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެމަސައްކަތް ފަށައިފައިވަނީ 30 އޮކްޓޯބަރ 2022 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުންޏެވެ.
މަސައްކަތު ސައިޓުގައި މިހާރު ކުރިއަށްދަނީ ސައިޓް ސާފު ކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، އިމާރާތް ކުރެވޭ ވޯރކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް އޭރިއާއަކީ 1461 އަކަ މީޓަރު ހުންނާނެއެވެ. އަދި ބިލްޑް އަޕް އޭރިއާއަކީ 1122 އަކަ މީޓަރުގެ ސަރަހައްދެކެވެ.
ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑްގެ ފަަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 26.07 މިލިއަން ރުފިޔާ އެވެ.