އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ވިރާޓް ކޯލީގެ ކޮޓަރިއަށް މީހަކު ސިއްރުން ވަދެ، ކޮޓަރީގެ އެތެރޭގެ މަންޒަރުތައް ވީޑިއޯކޮށް އާންމުކުރުމުން އޭނާގެ އަންހެނުން ބޮލީވްޑުގެ ފިލްމީތަރި އަނުޝްކާ ޝަރުމާ ރުޅި އަތުވެއްޖެއެވެ.

ވިރާޓަށް ސަޕޯޓްކުރާމީހަކު، ސިރުން ވީޑިއޯކުރީ ވިރާޓް އޮސްޓްރޭލިޔާގައި ހޮޓަލެއްގައި ހުރި ކޮޓަރިއެވެ.

މި ވީޑިއޯއާއި ގުޅިގެން އަނުޝްކާ ބުނީ އެހެންމީހުންގެ މިނިވަންކަމަށް އަރައިގަތުމުގެ ޙައްގެއް އެއްވެސް މީހަކަށް އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށެވެ. އަދި އެމީހާ އެކުރީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމުގައިވެސް އޭނާ ބުންޏެވެ. އަނުޝްކާގެ އިތުރަށް ވިރާޓްވެސް އެކަން ކުށްވެރިކުރިއެވެ.

ވިރާޓް ހުރި ކޮޓަރީގެ ވީޑިއޯ އާންމު ކުރުމުން އެ ވީޑިއޯ އިންސްޓަރގްރާމުގައި ހިއްސާކުރަމުން ވިރާޓް ބުނީ އޭނާ އަކީ ސަޕޯޓަރުންނާ ވަރަށް ގުޅޭ މީހެއްކަމަށެވެ. އަި ސަޕޯޓަރުން ކުރާކަންތައް ބަލައިގަންނަވެސް މީހެއްކަމަށެވެ. ނަމަވެސް މިފަދަ ކަންތައްތަކަކީ ބަލަި ގަނެވޭނެ ކަމެއް ނޫން ކަމށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ވިރާޓް ކޯލީގެ ދެމަފިރިންނޫނަސް ބޮލީވްޑްގެ ވަރަށް ގިނަތަރިން އެ ވީޑއޯ އާންމު ކުރުމުން ހިތްހަމަ ނުޖެހިގެން ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ. އޭގެތެރޭގައި ބޮލީވްގެ ދެ ތަރި ރިތިކް ރޯޝަން އާއި އަބީޝެކް ބަޗަން ފާހަގަކޮށްލެވެއެވެ. މި ދެތަރިންވެސް މިކަން ވަރަށްބޮޑަށް ކުށްވެރިކުރެ އެވެ.