އަނިޔާގެ ސަބަބުން ކުރިއަށް އޮތް ވޯލްޑް ކަޕުގައި ފްރާންސް ގައުމީ ޓީމުގެ އިތުބާރު މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ނުކުޅެވޭނެކަމަށް އޭނާގެ އެޖެންޓް ރަފައެލާ ޕިމެންޓާ ބުނެފިއެވެ.

ޕޮގްބާއަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން މީޑިޔާއަށް ހާމަ ކުރީ މީގެ ކުޑައިރުކޮޅެއް ކުރިން ރަފައެލާއާ ހަވާލާދީ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އިޓަލީގެ ފެބްރީޒިއޯ ރޮމާނޯއެވެ.

ޕޮގްބާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސުން ކާމިޔާބު ކުރިއިރު މެދުތެރޭގައި މޮޅަށް ކުޅެފައެވެ. އަދި ފައިނަލުގައި ކްރޭޝިޔާ ކޮޅަށް ލަނޑުވެސް ޖަހާފައެވެ. ޕޮގްބާއަށް އަނިޔާވެ ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ޔަގީންވެފައި މިވަނީ، 2018 ވަނަ އަހަރު ވޯލްޑް ކަޕް ފްރާންސުން ކާމިޔާބު ކުރިއިރު ޕޮގްބާއާއެކު މެދުތެރޭގައި މޮޅަށް ކުޅުނު ކަންޓޭއަށް އަނިޔާވެ ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީން ވެފައިވާ ދަނޑިވަޅެއްގައެވެ.