އިނގިރޭސި ޕްރިމިއަރ ލީގުގެ ބަރައިޓަންގައި މިސީޒަނުގައި ވިދަމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ޓޮރައްސާޑް ގަތުމަށް ޗެލްސީން ފާރަލަމުން އަންނަ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.
މިސީޒަނުގައި ލިވަޕޫލް ކޮޅަށް ހެޓްރިކް ހަދައި އަދި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކޮޅަށްވެސް ޓޮރައްސާޑް ވަނީ ލަނޑު ޖަހާފައެވެ. އަދި ބްރައިޓަނުން ގަދަ ހަތަރަކަށް އެރުމަށް ކުރާ މަސައްކަތުގައި އެންމެ މުހިއްމު އެއްކުޅުންތެރިޔާ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ޓޮރައްސާޑެވެ.
ޓްރޮއްސާޑުގެ އިތުރުން ޗެލްސީން، އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައުރާޓޯ މާޓިނޭޒް އަދި ވުލްވޮސްގެ ޑިފެންޑަރު ސެމެޑޯ ގަތުމަށްވެސް ޝައުގުވެރިވާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.