ދުނިޔޭގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ފެށެން ބަރާބަރު 20 ދުވަހަށްވީއެވެ.

ވޯލްޑް ކަޕަށް ގަތަރު ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު، މުބާރާތުގެ މެޗުތައް ކުޅުމަށް މިފަހަރު ބޭނުން ކުރާނީ 8 ދަނޑެވެ. މި 8 ދަނޑަކީވެސް މީގެ ކުރީގެ އެއްވެސް ވޯލްޑް ކަޕެއްގައި ބޭނުން ކޮށްފައި ނުވާނެހައި ފުރިހަމަ 8 ދަނޑެވެ.

1. އަލް ބަޔަތު ސްޓޭޑިއަމް

މިފަހަރުގެ ވޯލްޑް ކަޕް ހުޅުވައިދޭނީ މިސްޓޭޑިއަމްގައި ގަތަރާއި އިކްއެޑޯ، މިމަހުގެ 20 ވަނަ ދުވަހު ބައްދަލު ކުރާ މެޗުންނެވެ. ދޯހާގެ އުތުރުން 35 ކިލޯ މީޓަރު ދުރުގައި އޮންނަ ކްހޯރް ސިޓީގައި ބިނާކޮށްފައިވާ މިސްޓޭޑިއަމްގެ ކެޕޭސިޓީއަކީ 60،000 (ފަސްދޮޅަސްހާސް ) ސަޕޯޓަރުންގެ ޖާގައެވެ.

2. ލުސައިލް ސްޓޭޑިއަމް

މިފަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްއަކީ މިއީއެވެ. އެންމެ މަތީފަންތީގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މިދަނޑަށް 80،000 (އަށްޑިހަހާސް) ސަޕޯޓަރުންނަށް ވަދެވޭނެއެވެ. ފައިނަލް މެޗުގެ އިތުރުން ދަނޑުގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި ދެވަނަ ބުރުގެ އެއްމެޗާއި ކުއާޓާފައިނަލްގެ އެއްމެޗާއި ސެމީފައިނަލް މެޗެއް ކުޅޭނެއެވެ. މިސްޓޭޑިއަމްގައި ހަދާފައި ވަނީ ދޯހާގެ އުތުރުން 20 ކިލޯ މީޓަރު ދުރުގައި އޮންނަ ލުސައިލް ސިޓީގައެވެ.

3. އަހްމަދު ބިން އަލީ ސްޓޭޑިއަމް

40،000 ސަޕޯޓަރުންގެ ޖާގައިގެ މިސްޓޭޑިއަމްގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި ދެވަނަ ބުރުގެ 1 މެޗް ކުޅޭނެއެވެ. މިދަނޑުގައި ހުޅުވާފައި ވަނީ 2020 ވަނަ އަހަރުއެވެ.

4. އަލް ޖަނޫބް ސްޓޭޑިއަމް

ކުޅިބަލަން 40،000 ސަޕޯޓަރުންނަށް ވަދެވޭ މިދަނޑު ހުޅުވީ 2019 ވަނަ އަހަރުއެވެ. މިދަނޑުގައި ގްރޫޕްް ސްޓޭޖުގެ 5 މެޗާއި ދެވަނަ ބުރުގެ އެއްމެޗް ކުޅޭނެއެވެ.

5. އަހްމަދު ބިން އަލީ ސްޓޭޑިއަމް

ދޯހާގެ ހުޅަނގުން 20 ކިލޯ މީޓަރު ދުރުގައި ބިނާކޮށްފައިވާ މިސްޓޭޑިއަމަށްވެސް ވަދެވޭނީ 40،000 ސަޕޯޓަރުންނަށެވެ. ސަހަރާގެ ވާހަކަތުގެ ޑިޒައިނަށް ތައްޔާރުކޮށްފައިވާ މިސްޓޭޑިއަމް ހުޅުވީ 2020 ވަނަ އަހަރުއެވެ.

(ނުނިމޭ)