ޗައިނާގެ ޕްރޮޕަޓީ ޑިވެލޮޕަރުން މަލީ ކާރިސާއެއްގައ އުޅޭތާ މިހާރު ދެ އަހަރު ވަނީ އެވެ. ލޮންގްފޯ ގްރޫޕް ހޯލްޑިންގްސް ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ޗެއާގެ މަގާމުން ވޫ ޔާޖޫން އިސްތިއުފާ ދެއްވައިފިއެވެ. ވޫ އަކީ ޗައިނާގެ އެއް ޒަމާނެއްގައި އެންމެ މުއްސަނދި އަންހެން މީހާއެވެ.

އޭނާގެ ކުރިން ސޯހޯ ޗައިނާ ލިމިޓެޑްގެ ޕާން ޝިޔީ ވަނީ ސެޕްޓެމްބަރު މަހު ވަކިވެފައެވެ.

ވޫ ގެ އިސްތިއުފާގެ ސަބަބަކީ ސިއްޙީ ސަބަބުތަކެކެވެ. މުހައްލިލުން ބުނަނީ އަސްލު ސަބަބަކީ ޕްރޮޕަޓީ ޑިވެލޮޕަރުން އެމީހުންގެ ކުންފުނިތައް ދޫކޮށްލަނީމާލީ ސަބަބުތަކާ ހެދި ކަމަށެވެ.

ހޮންކޮންގުގެ މެޓަވަރސް ސެކިއުރިޓީޒްގެ ފަންޑް އިންވެސްޓްމަންޓް އޮފިސަރު ކަކޭ ލަމް ވިދާޅުވަނީ ޗައިނާގެ ޕްރޮޕަޓީ މާކެޓްގެ ރަން ޒަމާން މިހާރު މާޒީވެ ދިޔައީ ކަމަށެވެ.

ޕްރޮޕަޓީއާއި ރިއަލްއެސްޓޭޓްގައި އުޅޭ ކުންފުންޏެއް ކަމަށްވާ ލޮންގްފޯ ކުންފުނީގެ ސްޓޮކާއި ބޮންޑްތައް އިއްޔެ ވަނީ ހިއްސާގެ ބާޒާރުގައި ވެއްޓިގެން ގޮސްފައެވެ.

އިސް މގާމުތައް ފުރާ ފަރާތްތަކުގެ އިސްތިއުފާ ދިނުމާއި ހިއްސާގައި ކުންފުނިތަކުގެ އަގު ވެއްޓުމުގެ މި ޓްރެންޑް ޕްރޮޕަޓީ ދާއިރާއިން ފެށިގެން އަންނައިރު، ޗައިނާގެ ޓެކް އިންޑަސްޓްރީންވެސް އެކަން ފެނެއެވެ.

ޗައިނާގައި މިހާރު އާންމުވެފައިވާ ޓްރެންޑަކީ މުއްސަނދިންގެ މުއްސަނދިކަން ކުޑަ ކޮށް އެމީހުންގެ ނުފޫޒު ކުޑަ ކުރުމުގެ މަސައްކަތެވެ. އަދި ބޮޑެތި ކޮންފުނިތައްވެސް މާ ސިންގަ ކުންކުފުނިތަކަށް ވެގެންދާކަށް ސަރުކާރުން ބޭނުމެއް ނުވެއެވެ.

އެއް ޒަމާނެއްގައި ޗައިނާގެ އެންމެ މުއްސަނދި އަންހެނާ ކަމަށްވާ ވޫ ގެ މުއްސަނދިކަމުގެ ދެބައިކުޅަ އެއްބައި މިއަހަރު ގެއްލިފައި ވެއެވެ. އަދި އޜޭގެ ސަބަބުން ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުން ޓްރެކްކުރާ ބްލޫމްބާގް ބިލިއަނަރސް އިންޑެކްސްގައި އޭނާގެ ނަން ވަނީ އުނިވެފައެވެ.

ހޯމަ ދުވަހުގެ ނިޔަލަށް އޭނާގެ މުއްސަނދިކަން ހުރީ 4.5 ބިލިއަން ޑޮލަރުގައެވެ. ޗައިނާގެ މުއްސަނދިން ޗައިނާ ދޫކޮށް ދިއުމުގެ މަސައްކަތް ކުރާ ކަމަށް ހުޅަނގު މިޑިއާއިން ބުނެއެވެ.