ޖަރުމަންވިލާތުން ވަނީ ޗައިނާއާއެކު ބާއްވާ ގުޅުން މުރާޖައާ ކުރުމަށް ނިންމާފައެވެ. ޖަރުމަންގެ މި ނިންމުން ނިންމާފައި ވަނީ، ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސްއާއި ތައިވާނާ މެދު ގެންގުޅެން އިއުލާން ކުރި ސިޔާސަތަކާއި އިންސާނީ ހައްގުތަކުގެ ހާލަތާއި ސިނާއީ އުފެއްދުންތެރިކަމާ ދެކޮޅަށް ޖާސޫސް ކުރުމުގެ މަސައްކަތާއި ނަހަމަ ގޮތުގައި ވާދަވެރިކަމެއް އުފެއްދުމުގެ މައްސަލަތަކާ ގުޅިގެންނެވެ.
ޖަރުމަން ޗާންސެލަރގެ އޮފީހން ބުޏާ ގޮތުގައި ޗައިނާއާ މެދު އެގައުމުން ގެންގުޅޭނެ އައު ސްޓްރެޓެޖީއަށް ބޭނުންވާ މައުލޫމާތު ދަނީ އެއްކުރަމުންނެވެ. އަދި އެ ސްޓްރެޓެޖީ އަންނަ މަހު އިއުލާން ކުރާނެއެވެ.
ޗައިނާއިން ވަނީ ޖަރުމަންގެ ނިންމުމަށް ފާޑު ކިޔަމުން އެދެވޭ ގޮތެއްގައި ދެ ގަުއމުގެ ގުޅުމަށް ބަލަން ވާނެ ކަމަށް ބުނެފައެވެ.