ޗައިނާއާ އެކު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން އުތުރު އޮސްޓްރޭލިއާގެ ވައިގެ މަރުކަޒަކަށް ނިއުކްލިއާ ގާބިލް ލިބިފައިވާ ބޮން އަޅާ ބީ-52 މަރުކާގެ ހަ ބޯޓު ފޮނުވަން ނިންމައިފި އެވެ.
މި ބޮންއަޅާ ބޯޓުތަކަށް ޚާއްސަ ފެސިލިޓީތައް ގާއިމްކުރާނީ އޮސްޓްރޭލިއާގެ އުތުރު ޓެރިޓަރީގެ ވެރިރަށް ޑާވިންގެ ދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު (190 މޭލު) ދުރުގައި އޮންނަ ރޯޔަލް އޮސްޓްރޭލިއަން އެއާފޯސްގެ ޓިންޑަލް ބޭސްގައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫތު އެއްވެސް ފަރާތަކުން އަދި ހމަ ކުރާކަށް ބޭނުމެއް ނުވެއެވެ.