މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވަނީ އެ އޮފީހަށް 2021 ވަނަ އަހަރަށް ކަލަންޑަރު ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން އިޢްލާން ކޮށްފައެވެ.

މޯލްޑިވްސް ޕެންޝަން އޮފީހުން، އެއޮފީސް ޕްރޮމޯޓް ކުރުމަށް ކަލަންޑަރު ޑިޒައިން ކުރުވާނެ ފަރާތެއް ހޯދުމަށސް އިޢްލާން ކޮށްފައިވާ އިރު، ކޮވިޑް19 އާ ގުޅިގެން ގިނަ ކަންކަން ވަނީ ޑިޖިޓައިޒް ކުރެވިފައެވެ. ކޮންފަރެންސްތަކާއި ބައްދަލުވުންތަކާއި ކިލާސްތައް ބޭއްވެމުން ދަނީ ވަރޗުއަލް ކޮށެވެ. މަޢްލޫމާތު ބަދަލު ކުރެވެމުން ދަނީ އީމެއިލްއާއި އީޑޮކިއުމެންޓްތައް މެދުވެރިކޮށެވެ.

ކޮވިޑް19 އާ ގުޅިގެން އިގްތިސާދު މިވަނީ މިއިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ.

ސުއާލަކީ، ޕެންޝަން އޮފީހުން ކަލަންޑަރު ޑިޒައިންކޮށް ޕްރިންޓް ކުރުން މިއަހަރު މަޑު ޖައްސާލެވިދާނެ ހެއްޔެވެ؟

އިންޑިއާފަދަ ބައެއް ގައުމުތަކުގައި އިންތިސާދީ ފައިދާއަށް ޓަކައި ދައުލަތުގެ އެއްވެސް އިދާރާއަކުން ޕްރޮމޯޝަނަލް ސާމާނުތައް ޗާޕްކޮށް ނުހެދުމަށް ވަނީ އަންގާފައެވެ. އަދި ޑައިރީއާއި ކަލަންޑަރާއި ޕްލޭނަރފަދަ ވަސީލަތްތައް އިލެކްޓްރޯނިކް ޒަރީއާއިން ބެލެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.