ބްލެކް ސީގައި ޚާއސަ ކޮރިޑޯއެއް މެދުވެރިކޮށް ގޮދަން ބޭރުކުރުމަށް އދ މެދުވެރިގެން ނިންމާފައިވާ ނިންމުމަށް އިންޑިއާއިން މަރުހަބާ ކިޔައިފިއެވެ. އިންޑިއާއިން ސިފަ ކުރި ގޮތުގައި މި އެސްބަވުމުގެ ސަބަބުން ސުލްޙައަށް އުންމީދުގެ ހުޅުކޮޅެއް ފެނިގެން ގޮސްފައި ވެއެވެ.
ބްލެކް ސީ މެދުވެރިކޮށް ޔުކްރެއިންގެ ގޮދަން ބެރުކުރުމަށް ހަމަޖެހުމުން ޔޫކްރޭނުން ނުވަ މިލިއަނަށް ވުރެ ގިނަ ޓަނުގެ ގޮދަނާއި އެހެނިހެން ކާބޯތަކެތީގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވިފައިވެއެވެ. އަދި އެއީ ދުނިޔޭގެ ފުށސް ސެކިއުރިޓީއަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށްވެސް އިންޑިއާއިން އދގަައި ވާހަކަ ދައްކަމުން ބުންޏެވެ.
ދުނިޔޭގެ ކާނާއާއާއި ދަނށުވެރިކަމާ ބެހޭ ޖަމުއިއްޔާ އެފްއޭއޯގެ ކާޑުގެ އަގުތަކުގެ އިންޑެކްސްއާއި ޙަވާލާ ދެމުން އިންޑިއާއިން ބުނީ ބްލެކް ސީ ކޮރިޑޯ ބޭނުންކޮށްގެން ގޮދަން ބޭރުކުރަން ފެށުމުން ކާނާގެ އަގުތައް ދަށަށް ގޮސްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
އިންޑިއާއިން މި ބަޔާން ދީފައި ވަނީ އދގެ ސަލާމަތީ މަޖިލީހުގައި ޔުކްރެއިންއާ ބެހޭ ގޮތުން އޮތް ބަހުސެއްގައި އދ.ގައި ހުންނަ އިންޑިއާގެ ދާއިމީ މިޝަންގެ ކައުންސެލަރު މަދޫ ސުދަން އެވެ.