ޗައިނާގެ ހުޅަނގު އުތުރުގައި ކާބަން މޮނޮކްސައިޑް ވިހަވެގެން އުމުރުން 3 އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި އެކުއްޖާގެ ބައްޕަ ބުނީ ކޮވިޑް-19ގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ފަރުވާ ހޯދުން ލަސްވެގެން ދަރިފުޅު މަރުވެފައިވާ ކަމަށެވެ.
އެ ކުއްޖާގެ މަރަކީ ޗައިނާގެ ރައީސްގެ ހަރުކަށި ޒީރޯ ކޯވިޑް ސިޔާސަތާ ގުޅިގެން ދިމާވި މައްސަލައެއް ކަމަށް ބުނެ ޗައިނާގެ މީސްމީޑިއާ ވެއިބޯ ޕްލެޓްފޯމްގައި ބުދަ ދުވަހު 380 މިލިއަން މީހުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.
ލޮކްޑައުންގައި ގިނަ މަސްތަކެއް ވަންދެން އޮތް ގަންސޫ ޕްރޮވިންސްގެ ވެރިރަށް ލަންޒޯ އިން ފޯނުން ރޮއިޓާސް އަށް މައުލޫމާތު ދެމުން އެ ކުއްޖާގެ ބައްޕަ ޓޫއޯ ޝިލޭ ބުނީ އޭނާ ބަލަނީ އޭނާގެ ދަރިފުޅު ނުސީދާ ގޮތެއްގައި މަރާލާފައިވާ ކަމަށެވެ.
އެކުއްޖާއަށް ދުމުގެ އަސަރުކޮށްގެން ވެއްޓުމުން އެމްބިއުލާންސަށް ގުޅަން އުޅުމުން އެކަމެއް ކާޟިޔާބެއް ނުވިއެވެ. އަދި ލޮކްދައުންގެ ސަބަބުން ހޮސްޕިޓަލަށް ފަރުވާއަކަށްވެސް ނުގެންދެވުނެވެ. އޭމާގެ ދަރިފުޅު ގޮވައިގެން ކޮމިއުނިޓީ ކޮމްޕައުންޑްގެ އެންޓްރެންސްއަށް ދިއުމުން، ހަރުކަށި ލޮކްޑައުންގެ ސަބަބުން ގޭޓުގައި ތިބި މުވައްޒަފުން އޭނާ އަނބުރައި ފޮނުވާލިއެވެ. އެސާހިތަކުން އޭނާގެ ދަރިފުޅު ދުނިޔެ ދޫކޮށް ދިޔައީއެވެ.