ކެނެޑާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ވަނީ ބެއިޖިންގައި ހުންނަ އެ އިދާރާގެ ނިއުސް ބިއުރޯ ބަންދުކުރަން ނިންމާފައެވެ. އެ ކުންފުނީގެ ނޫސްވެރިންނަށް ޗައިނާގެ ވޯކް ޕާމިޓަށް އެދިގެން އިންތިޒާރުކުރާތާ މިހާރު ދެ އަހަރު ވެއްޖެއެވެ. ބަންޑާރަ ކުންފުންޏެއް ކަމށްވާ މި ނޫސްއެޖެންސީން ފާއިތުވި ދެ އަހަރު ކެނެޑާގައި ތިބޭ އެމީހުންގެ ނޫސްވެރިންގެ ވިސާގެ މައްސަލާގައި ޗައިނާގެ އޮފިޝަލުންނާ އެކު ގިނަ ބަދަލުތަކެއް ބާއްވާފައިވީ ނަމަވެސް އެކަމަށް ގޮތެއް ނިންމިފައެއް ނުވާކަމަށް ސީބީސީ ނިއުސްގެ އެޑިޓަރު އިން ޗީފް ބްރޯޑީ ފެންލޮން ބްލޮގް ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އޭޕްރީލް މަހު ކެނެޑާގައި ހުންނަވާ ޗައިނާގެ ސަފީރަށް އެކަމާ ގުޅިގެން ސިޓީއެއްވެސް ފޮނުވާފައި ވެއެވެ. އޮޓާވާގައި ހުންނަ ޗައިނާ އެމްބަސީން އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ދީފައެއްވެސް ނުވެއެވެ.
ކެނެޑާއިން ވަނީ ރަޝިޔާގެ ސަރުކާރުގެ ޓީވީ ސްޓޭޝަން ރަޝިއާ ޓުޑޭ މަނާ ކޯށްފައެވެ. އެކަމާ ގުޅިގެން ރަޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ އެކުންފުނީގެ މޮސްކޯ ބިއުރޯ ބަންދުކުރަން އަންގާފައެވެ.