ޕާކިސްތާންގެ ދައުލަތުގެ މުއައްސަސާތައް ބަދުނާމުވާ ގޮތަށް ޕާކިސްތާންގެ އިދިކޮޅު ލީޑަރު އިމްރާން ޚާން ވާހަކަ ދައްކަވާތީ އޭނާގެ ވާހަކަތައް މީޑިއާއިން ގެނަސްދިނުން ޕާކިސްތާންގެ މީޑިއާ ރެގިއުލޭޓްރީ އޮތޯރިޓީ ޕެމްރާއިން މަނާ ކޮށްފިއެވެ.
ޕީޓީއައިގެ ވެރިޔާ އިމްރާން ޚާން އޭނާގެ ސިޔާސީ ދިގު ހިނގާލުމުގައި އުޅުއްވަނި އޭނާ އަވަހާރަކޮށްލުމަށް ހަމަލައެއް އަމާޒުކޮށްފައި ވެއެވެ. އޭނާ ވިދާޅުވަނީ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ އަތެއް އެކަމުގައި އޮތް ކަމަށެވެ.
އިމްރާން ޚާން ސަރުކާރަށް ވަރުގަދަ ހަމަލާތަކެއް ދެއްވިތާ އެއް ދުވަސް ފަހުން ޕާކިސްތާނުގެ މީޑިއާ އިދާރާއިން މިއަދު ވަނީ ހުރިހާ ޓީވީ ޗެނަލްތަކުން ޚާންގެ ތަގުރީރުތަކާއި ޕްރެސްތައް ބްރޯޑްކާސްޓްކުރުމާއި ރިބްރޯޑްކާސްޓް ކުރުން މަނާކޮށްފަ އެވެ.
ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ނޯޓިސްއެއްގައި ބުނެފައި ވަނީ ލޯންގް މާޗްގައި އިމްރާން ދެއްކެވި ވާހަކަތަކާއި ހުކުރު ދުވަހު އެކި ސެޓެލައިޓް ޓީވީ ޗެނަލްތަކުން ދައްކާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކަކީ އަސާސެއް ނެތް ޔޯލަ ވާހަކަތަކެއް ކަމަށެވެ. ޚާން ތަކުރާރު ކުރައްވަނީ އޭނާ އަވަހާރަކޮށްލުމަށް ޕްލޭނެއް އޮތް ކަމަށެވެ.