ޗައިނާއިން ފާއިތުވި ދިހަ ވަރަކަށް އހަރުގެ ތެރޭގައި ދައްކާފައި ވަނީ އެ ގައުމަކީ ދުނިޔޭގައި ވިޔަފާރި ލީޑް ކުރާ ގައުމެއްގެ ގޮތުގައެވެ. ބްލޫމްބާގްއިން އެކުލަވާފައިވާ ރިޕޯޓެއްގައިވާ ގޮތުން ޗައިނާގެ އިގްތިސާދު ވަޅު ޖެހުމުން ދުނިޔެއަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
ބްލޫމްބާގްއިން ސިފަ ކުރިގޮތުގައި ޝީޖިންޕިންގެ ފިކުރަކީ ޗައިނާގެ އިގްތިސާދީ ހަލާކުގެ އަސްލެވެ. ޗައިނާއިން ވަނީ އެހެން ކުންފުނިތަކުގެ މައުލޫމާތުން ވައްކަންކޮށްގެން މުއްސަނދިވުމަށް މަގު ފަހިވެފައެވެ. އަދި އެހެން ގައުމުތަކާ އެކު ގާތް ރަހމަތްތެރި ގުޅުމެއް ބާއްވައިގެން ކުރިއަރައިގެން ގޮސްފައެވެ. ނަމަވެސް މިހާރު ޗައިނާއަކީ އެކަހެރިވެފައިވާ އެހެން މީހުންނާއެކު އުޅެން އުދަގޫ ގައުމެއް ކަމުގައި ބްލޫމްބާގްއިން ސިފަ ކުރެއެވެ.