ޗައިނާގެ ކުންފުނިތަކަށް ފިއްތުން ހުއްޓާލުމަށް ޗައިނާއިން ކެނެޑާގައި އެދެފިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން އެދިފައި ވަނީ ޗައިނާގެ ކުންފުނިތަކަށް އާންމު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އިންސާފުވެރި، އަދި ތަފާތު ނުކުރާ ވިޔަފާރީގެ މާހައުލެއް ގާއިމް ކޮށްދިނުމަށް ކެނެޑާގައި އެދިފައެވެ.

ޗައިނާގެ ކުންފުނިތަކުން ބުނާ ގޮތުގައި އެކުންފުނިތަކަކީ ކެނެޑާގެ ގަވާއިދުތަކަށް ތަބާވާ ކުންފުނިތަކެއް ކަމަށެވެ. ޗައިނާއިން ސިފަ ކުރާ ގޮތުގައި ކެނެޑާގެ ޗައިނާ ކުންފުނިތަކަށް ފިއްތުމުގެ ސަގާފަތަކީ ކެނެޑާއިން ގެންގުޅޭ ޢަދާވާތްތެރިކަމުގެ އާ ނިޝާނެއް ކަމުގައެވެ.

ކެނެޑާއިން ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ކެނެޑާގައި އޕރޭޓް ކރާ ޗައިނާގެ ލިތިއަމް މައުދަން ނަގާ ކުންފުނިތަކަށް ފިއްތުންތައް ކުރިމަތިކޮށްފައެވެ.

ކެނެޑާއިންފިޔަވަޅު އަޅާފައިވާ ކުންފުނިތަކަކީ ސިނޮމިން (ހޮންކޮންގް) ރޭއާ މެޓަލްސް ރިސޯސަސް އާއި ޗެންގްޒޭ ލިތިއަމް އިންޓަނޭޝަނަލް އަދި ޒާންގް މައިން އިންވެސްޓްމަންޓް (ޗެންގްޑޫ) އާދެކޮޅަށެވެ.