އިންޑިއާގެ ކަޝްމީރުގައި އައު ޓެކްނޮލޮޖީ ބޭނުން ކޯށްގެން ދަނޑުވެރިކަމަށް އެހީތެރިވުމަށް އިޒްރޭލުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އިންޑިއާއާއި އިޒްރޭލުން ވަނީ ސްޓްރެޓެޖިކް ފެންވަރުގައި ދަނޑުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އިޒްރޭލު އެމްބަސީގެ އެގްރިކަލްޗާ އެޓާޗޭ ވަނީ ޖައްމޫ ކަޝްމީރަށް ޒިޔާރަތް ކުރައްވައި އެގްރިކަލްޗާ ޓެކްނޮލޮޖީ ބަދަލު ކުރުމާ ބެހޭ މަޝްވަރާތއް ބާއްވަވާފައެވެ.
އިޒްރޭލުން ދަނީ އިންޑިއާއާއކު ފެނުގެ ޓެކްނޮލޮޖީއާ ބެހޭ ގޮތންވެސް ގުޅުން ބަދަހިކުރަމުންނެވެ. ދުނިޔޭގައި އެމްބަސީއެއްގައި އެންމެ ފުރަަތަމައަށް ފެނާ ބެހޭ އެޓާޗޭއެއް ހަމަޖައްސާފައި ވަނީ ދިއްލީގައި ހުންނަ އިޒްރޭލު އެމްބަސީއަށެވެ.