މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލުން ގެންދާ 26 ކުޅުންތެރިންގެ ސްކޮޑް ކޯޗް ޓިޓޭ ރޭ އިއުލާން ކޮށްފިއެވެ.

ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ބާސެލޯނާގެ ކުރީގެ މަޝްހޫރު ޑިފެންޑަރު ޑެނީ އަލްވެސް ،39، އެވެ. މިހާރު މެކްސިކޯގެ ފުރަތަމަ ޑިވިޝަނުގެ އުނަމްއަށް ކުޅޭ އަލްވެސްއަށް މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އޭނާގެ 3 ވަނަ ވޯލްޑް ކަޕަށެވެ.

މީގެ އިތުރުން އާސެނަލްގައި މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގެބްރިއެލް މާޓިނެއިލް އާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޓޮނީ އާއި ނިއުކާސަލްގެ މިޑްފީލްޑަރު ގުއިމަރެސް ވަނީ ސްކޮޑުން ޖާގަ ހޯދާފައެވެ.

ސްކޮޑުން ޖާގަ ނުލިބުނު އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ ލިވަޕޫލަށް ކުޅެމުން އަންނަ ފޯވާޑް ރޮބާޓް ފިރްމީނޯއެވެ.

ބްރެޒިލުން ވޯލްޑް ކަޕަށް ގެންދާ 26 ކުޅުންތެރިންގެ ސްކޮޑް:

ގޯލް ކީޕަރުން: އެލިސަން (ލިވަޕޫލް) ، އެންޑަސަން (މެންޗެސްޓަރ ސިޓީ) ، ވެވާޓަން (ޕަލްމެއިރަސް)

ޑިފެންޑަރުން: ޑެނީ އަލްވެސް (ޕުމާ އުނަމް) ، ޑަނީލޯ (ޔުވެންޓަސް) އެލެކްސް ސަންޑްރޯ (ޔުވެންޓަސް) ، އެލެކްސް ޓެލެސް (ސެވިއްޔާ) ، ބްރެމާ (ޔުވެންޓަސް) ، އެޑާ މިލިޓާއޯ (ރެއާލް މެޑްރިޑް) ، މާކީނިއޯ (ޕީއެސްޖީ) ، ތިއާގޯ ސިލްވާ (ޗެލްސީ)

މިޑްފީލްޑަރުން: ބްރޫނޯ ގުއިމަރެސް (ނިއުކާސަލް ޔުނައިޓެޑް) ، ކެސެމީރޯ (މެންޗެސްޓަރ ޔުނައިޓެޑް) ، އެވަޓަން ރިބެއިރޯ (ފްލެމިންގޯ) ، ފަބީނިއޯ (ލިވަޕޫލް) ، ފްރެޑް (މެންޗެސްޓަރ ޔުނައިޓެޑް) ، ލޫކަސް ޕަކުއެޓާ (ވެސްޓްހޭމް ޔުނައިޓެޑް)

ފޯވާޑުން: ނޭމާ (ޕީއެސްޖީ) ، ވިނީޝިއަސް (ރެއާލް މެޑްރިޑް) ، ރޮޑްރީގޯ (ރެއާލް މެޑްރިޑް) ، ގެބްރިއަލް ޖީސަސް (އާސެނަލް) ، ރިޗަލްސަން (ޓޮޓެންހަމް) ، އެންޓޮނީ (މެންޗެސްޓަރ ޔުނައިޓެޑް) ، ރަފީނާ (ބާސެލޯނާ) ، ޕެޑްރޯ (ފްލެމިންގޯ)

މިފަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލް އޮތީ ސްވިޓްޒަލޭންޑާއި ސާބިއާ އަދި ގާނާއާއެކު ގްރޫޕް "ޖީ" ގައެވެ.

1.