ސައޫދީ އަރަބިއްޔާގައި ކަރަންޓުން ދުއްވާ ކާރު އުފެއްދުމުގެ މަޝްރޫއު ފަށްޓަވައި ދެއްވައިފިއެވެ. ސައޫދީ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ފައްޓަވައި ދެއްވި މި މަޝްރޫއަކީ ކަރަންޓުން ދުއްވާ އުޅަނދު ސައޫދީގައިި ބިނާ ކުރުމަށް ފަށާ ފުރަތަމަ މަސައްކަތެވެ.

ސައޫދީ ފަބްލިކް އިންވެސްޓްމެންޓް ފަންޑުން އިންވެސްޓް ކޮށްގެން ފަށާފައިވާ މި ކުންފުންޏަށް ނަން ދީފައި ވަނީ ސީރްގެ ނަމުންނެވެ. ކާރުތަކުގެ މޮޑެލްއަކީވެސް ސީރް އެވެ.

ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި ބައިވެރިވާ ފަރާތަކީ ޓައިވާންގެ “ފޮކްސްކޮން” ކުންފުންޏެވެ. އެކުންފުނިން އުޅަނދުތަކާ ބެހޭ ޓްކްނޮލޮޖީ ހޯދާނީ ޖަރުމަން ބީއެމްޑަބްލިއު އިންނެވެ.

ކަރަންޓު ކާރުތަކުގެ ކޮލިޓީ އިންސްޕެކްޝަން ކުރިއަށް ގެންދާނީ ބައިނަލްއަގްވާމީ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް ސައޫދީ ސަރުކާރުން ބުނެއެވެ.

ސަރ ކާރުތައް ގަންނަން ލިބޭނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.