މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި، އަރިދަފުސް ރޯގާއި، ކޮވިޑް ފަދަ ބަލިތައް ރިޕޯޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗުޕީއޭއިން ބުނެފައިވަނީ ސެޕްޓެމްބަރު މަހު ކޮވިޑްގެ 185 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޮކްޓޯބަރު މަހު އެ އަދަދުވަނީ 328 އަށް އިތުރުވެފައި ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.

އެޗުޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 ގެ އައު ވޭރިއަންޓްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް:

  1. އަރިދަފުސް ރޯގާގެ އެއްވެސް އަލާމަތެއް ހުރި ނަމަ ވީހާވެސް އަވަހަށް ޓެސްޓްކުރުން.
  2. އާއްމު ތަންތަނުގައި އުޅޭއިރު ގައި ދުރުކަން ބެހެއްޓުން.
  3. ރޯގާގެ އަލާމަތެއް ހުރިނަމަ އަނގައާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކް އެޅުން.
  4. ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން.
  5. ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުން.