ރަޝިޔާއާ އެކު އެކު ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމުން އިންޑިއާގެ ފައިދާއަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ރަޝިޔާއިން ތެޔޮ އިމްޕޯޓް ކުރުން ކުރިއަށް ގެންދިއުމަކީ އިންޑިއާގެ މަސްލަހަތުގައި އޮތް ކަމެއް ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވެއެވެ. އެނާ ވާހަކަ ދައްކަވަމުން ގެންދެވީ ހުޅަނގުން މޮސްކޯއާ އެކު ކުރާ ވިޔަފާރި ހުއްޓުވުމަށް ހުރަސް އަޅާކަމަށް ބުނެ ނޫސްކޮންފަރެންސެއްގައި ސުއާލު ކުރުމުންނެވެ.
ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ އަސާސީ ވާޖިބަކީ އެންމެ ފައިދާހުރި ގޮތުގައި އިންޑިއާގެ ކޮންސިއުމަރުންނަށް ވީހާވެސް ރަނގަޅު ގޮތުގައި ވަސީލަތްތައް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
އޭނާ ވިދާޅުވީ ސުލްޙައިގެ މަސައްކަތަށް އިންޑިއާއިން ތާއީދު ކުރާ ކަމަށާއި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހިރާސްތައް ނައްތާލައި ދުނިޔޭގެ ނިޒާމު ހަމައަކަށް އެޅުވުމަށް ޔޫކްރޭންގެ މައްސަލައިގައި ކުރިއަށް ގެންދާ ކޮންމެ އިސްނެގުމަކަށް އިންޑިއާ ތާއީދުކުރާނެ ކަމަށެވެ.
ޔޫކްރޭން ހަނގުރާމައިގެ ކުރިން އިންޑިއާއިން ރަޝިޔާގެ ސާފު ނުކޔރާ ތެޔޮ އިމްޕޯޓް ކުރި މިންވަރު އުޅުނީ 0.2 ޕަސެންޓްގައެވެ. މިދިޔަ މަހު އިންޑިއާއަށް ތެޔޮ އެންމެ ގިނައިން ސަޕްލައިކުރާ ގައުމަކަށް ރަޝިޔާ ވެފައި ވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ތެލުގެ އަގު މަތިވެފައިވީނަމަވެސް އިންޑިއާގައި ތެލުގެ އަގުތައް ހުރީ އެއްވަރަކަށް ހިފެހެއްޓިފައެވެ.