ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭސް ދަމައިގަންނަ ފަދަ ގަސްގަހާގެހި އިތުރު ކުރުމަށް އިންޑިއާއިން ވައުދުވެއްޖެއެވެ.

ގަސްތައް އިންދައިގެންނާއި ޖަންގަލީ އިތުރަށް ފުޅާކޮށްގެން އިންޑިއާއިން 2030ގެ ނިޔަލަށް 2.5 އާއި 3 ބިލިއަން ޓަނުގެ ކާބަން ދަމައިގަތުމަށް މަސައްކަތް ކުރާނެ ކަމަށް ކޮޕް27ގައި ބުނެފިއެވެ.

މެންގްރޯވް އެލަޔަންސް ފޯ ކްލައިމެޓް (އެމްއޭސީ) ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ވަފްދުން ބުނެފައި ވަނީ ކަނޑޫ ގަސްތައް އާލާކުރުމަށް ޚާއސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ކަނޑޫފާތަކަކީ ދުނިޔޭގައި އެންމެ އުފެއްދުންތެރި އެއް އިކޯސިސްޓަމެވެ. އަދ އެއީ ރަށް ގިރުމާއި ހަނަފަސް ވުމާއި މުއްސަނދި އައްސޭރިފަށުގެ ދިރުމަށްވެސް އެހީތެރިވެދޭ ވަސީލަތެކެވެ.

ކަނޑޫފާތަކަކީ ދުނިޔޭގެ ޓްރޮޕިކަލް އަދި ސަބް ޓްރޮޕިކަލް ސަރަހައްދުތަކުގައި ބެހިފައިވާ 123 ގައުމަކުން ފެންނާން ހުރި ބާވަތެކެވެ.

އަދި އެއީ އެންމެ ގިނައިން ކާބަން ދަމައިގަންނަ ވަސީލަތް ކަމަށްވެސް ފާހަގަ ވެފައި ވެއެވެ.