މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ވަރުގަދަ ޕޯޗުގަލްއިން ވޯލްޑް ކަޕަށް ގެންދާ ސްކޮޑް ދާދި ދެންމެ އިއުލާން ކޮށްފިއެވެ.
މަޝްހޫރު ކްރިސްޓިއާނޯގެ ކެޕްޓަންކަމުގެ ދަށުން ނިކުންނަ ޕޯޗުގަލްއިން ސްކޮޑް އިއުލާން ކުރީ މިރޭ ރާއްޖޭ ގަޑިން 23:00 ގައެވެ.
ޕޯޗުގަލް ސްކޮޑް:
ކީޕަރުން: ޑިއޭގޯ ކޮސްޓާ ، ރުއި ޕެޓްރީސިއޯ ، ހޯސޭ ސާ
ޑިފެންޑަރުން: ޖޮއާއޯ ކެންސަލޯ ، ޑިއާގޯ ޑަލޮޓް ، ޕެޕޭ ، ރުބެން ޑިއަސް، ޑަނީލޯ ޕެރެއިރާ ، އެންޓޯނިއޯ ސިލްވާ ، ނޫނޯ މެންޑެޒް ، ރަފޭލް ގުއެއްރޭރިއޯ
މިޑްފީލްޑަރުން: ވިލިއަމް ، ރުބެން ނެވެސް ، ޕަޅިންހާ، ބްރޫނޯ ފެނާންޑޭޒް ، ވިޓިންހާ، އޮޓަވިއޯ، މެތިއުސް ނުނެޒް، ބާނާޑޯ ސިލްވާ، ޖޮއާއޯ މާރިއޯ
ފޯވާޑުން: ކްރިސްޓިއާނޯ ރޮނާލްޑޯ ، ޖޮއާއޯ ފެލިކްސް ، ރަފޭލް ލިއާއޯ ، ރިކާޑޯ ހޯޓާ ، އަންދްރޭ ސިލްވާ ، ގޮންސާލޯ ރާމޮސް
ކޯޗް: ފެނާންޑޯ ސަންތޯސް
ޕޯޗުގަލް ސްކޮޑުން މިފަހަރު ފުރުސަތު ނުލިބުނު އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ 2016 ވަނަ އަހަރު ޕޯޗުގަލްއިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއިރު އެމުބާރާތުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުނަރުވެރި މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒް،25، އެވެ.
ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި މިފަހަރު ޕޯޗުގަލް ވާދަ ކުރަން ޖެހެނީ އުރުގުއޭ އާއި ގާނާ އަދި ދެކުނު ކޮރެޔާއާއެކު ގްރޫޕް "އެޗް" ގައެވެ.