ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދެކަނބަލުން، ސްޓެލްކޯގެ ޗައިލްޑްކެއަރ ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ މިސެންޓަރަކީ ސަރުކާރުން ސްޓެލްކޯގެ މުވައްޒަފުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ. މީގެ ސަބަބުން އިޖްތިމާއީ ހަމަޖެހުން އިތުރުވެ އަންހެނުން ބާރުވެރިވެގެންދާނޭ ކަމަށް ސްޓެލްކޯއިން ކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވި ސެންޓަރެކެވެ.

މިސެންޓަރަކީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މީހުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމަށް ހުޅުވިތަނެކެވެ. މިތަން ހުންނަނީ ސްޓެލްކޯގެ މައިއޮފީހުގެ ފުރަތަމަ ފަންގިފިލާފައެވެ. އެތަނަކީ އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ތަނެކެވެ.

މި ސެންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށެވެ. މި ސެންޓަރުގައި ޚިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ޚާއްސަ ތަމްރީންތައް ލިބިފައިވާ ގާބިލް ފަރާތްތަކެކެވެ. މިހާރުވެސް 33 ކުދިން ވަނީ ރަޖިސްޓަރީ ކޮށްފައެވެ.